News
މާއުނގޫދޫ މިސްކިތްތަކަށް ވޭޖް މުވައްޒަފުން ނަގަން އެލްޖީއޭއިން ހުއްދަ ނުދޭތީ ކައުންސިލުން ކަންބޮޑުވެއްޖެ
ށ. މާއުނގޫދޫ މިސްކިތްތައް ބެލެހެއްޓުމަށް ވޭޖް އުސޫލުން މުވައްޒަފުން ނެގުމަށް ތަކުރާރުކޮށް އެދުމުން ވެސް އެލްޖީއޭއިން ހުއްދަ ނުދޭތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނަށް ދޭ އަސާސީ ޚިދުމަތްތަކަށް ވަނީ ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ.