Business
ފަސް ބިލިއަން ޑޮލަރުގެ އެސެޓާ އެކު އެމެރިކާގެ ބޮޑު ބޭންކެއް ބަނގުރޫޓުވެއްޖެ
ގާތްގަނޑަކަށް 5.9 ބިލިއަން ޑޮލަރުގެ އެސެޓާ އެކު ހިންގަމުން އައި އެމެރިކާގެ ޔުނައިޓެޑް ފިޑެލިޓީ ބޭންކު ބަނގުރޫޓުވެ، އެ ބޭންކުގެ ހިންގުން އެމެރިކާގެ މާލީ އިދާރާތަކުން ހުއްޓުވައިފިއެވެ. މިއީ ވޭތުވެދިޔަ ދެ އަހަރަށް ވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ގައުމުގައި ބޭންކެއް ބަނގުރޫޓުވި އެންމެ ބޮޑު ހާދިސާއެވެ.