News
މަޖިލީހަށް ހުށަހެޅި ބިލުތަކަކީ ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެންނާނެ ފަންނީ ބިލްތަކެއް: ރައީސް
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހަތަރު ބިލަކީ އަވަސްއަރުވާލައިގެން ހުށަހެޅި އެއްޗެއް ނޫން ކަމަށާއި، އެއީ ފަންނީ ދިރާސާތަކަށްފަހު ނިޒާމީ ބޮޑެތި ބަދަލުތަކެއް ގެންނަން ހުށަހެޅި މުހިންމު ބިލުތަކެއް ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވެއްޖެއެވެ.