ޣާޒީ ސްކޫލްގެ މުވައްޒަފުންތަކެއް އިހްތިޖާޖުކުރި މައްސަލަ ބަލަންފަށައިފި
ޣާޒީ ސްކޫލްގެ މުވައްޒަފުންތަކެއް އިހްތިޖާޖު ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށާއި، އަދި ހަގީގަތް އޮޅޭގޮތެއް މިނިސްޓްރީއާއި ސްކޫލް ބަދުނާމުވާ ގޮތައް ޚަބަރު ނުފެތުރުމަށް އެޑިޔުކޭޝަން މިނިސްޓްރީން އެދިއްޖެއެވެ. ޣާޒީ ސްކޫލްގައި ހިނގައިގެން އުޅޭ މައްސަލައާއި ގުޅޭގޮތުން މިއަދު އެ މިނިސްޓްރީން ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ޣާޒީ ސްކޫލްގެ އެކި ކަންކަމާގުޅޭ ގޮތުން އެ މިނިސްޓްރީއަށް ހުށަހެޅުނު ޝަކުވާތަކުގެ ތެރެއިން، ސްކޫލްގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ގުޅުންހުރި މައްސަލަތައް ފާހަގަ ކުރެވި އ...