ދިފާއީ ވަޒީރު ޣައްސާން އިސްތިއުފާ ދެއްވައިފި
ދިފާއީ ވުޒާރާގެ މުޙައްމަދު ޣައްސާން މައުމޫން މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ. ޣައްސާނު މަގާމުން އިސްތިއުފާދެއްވި ނަމަވެސް، މި ނިންމެވުން ނިންމެވި ސަބަބެއް ސާފެއް ނުވެއެވެ. ޣައްސާން ދިފާއީ ވަޒީރުކަމަށް ޢައްޔަނުކުރެއްވީ 17 ނޮވެމްބަރު 2023 ގައެވެ. ޣައްސާނު އިސްތިއުފާ ދެއްވިއިރު، ރައީސް އޮފީހުގެ ވަޒީރެއްގެ ގޮތުގައި ހުންނެވި ޢަލީ އާރިފް ވަނީ އިއްޔެ އިސްތިއުފާ ދެއްވާފައެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް މިއަދު ވަނީ މަގާމުން ވަކިކުރަށްވާފައެވެ.