ކެލާ ޓޫރިސްޓް ހޮޓަލުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިންމާލައި، އީއައިއޭގެ މަސައްކަތް ފަށަނީ
ހއ. ކެލާ ތުނޑީގައި ތަރައްގީކުރާ ޓޫރިސްޓް ހޮޓަލުގެ ބިމުގެ ސާވޭގެ ފުރަތަމަ މަރުހަލާ ނިއްމާލައި، އީއައިއޭގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ. އަލަށް އިންތިޚާބުވެ، މަސައްކަތް ފަށާފައިވާ ކެލާ ކައުންސިލުން އިއްޔެ ވަނީ ކެލާ ތުނޑީގައި ޓޫރިސްޓް ހޮޓެލެއް ތަރައްގީކޮށް ހިންގަން ހަވާލުވެފައިވާ ފެޑޯ އިންވެސްޓްމެންޓާއި ބައްދަލުކުރަށްވައި، އެ ހޮޓަލުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ފަހުގެ މައުލޫމާތު ހޯއްދަވާފައެވެ. އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ފެޑޯގެ ފަރާތުން ވަނީ، ކެލާގައި ތަރައްގީ...