ފުރުސަތު ނުލިބުމުންވެސް ދޫނުދިން އައިހަމް: މިއަދު އެއީ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ!
ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ހއ. އުތީމަށް ނިސްބަތްވާ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ގައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) ކާމިޔާބުކޮށްފިއެވެ. ގައުމީ ޓީމުގެ ސްކޮޑުން ބާކީކޮށް ފުރުސަތު ގެއްލުނު ދަނޑިވަޅެއްގައި ވެސް މާޔޫސްނުވެ، އޭނާ ދެއްކި ހިތްވަރާއި ބުރަ މަސައްކަތުން މިހާރު މިވަނީ ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފާ ހަމައަށް ވާސިލުވެފައެވެ. އައިހަމްގެ މި ކާމިޔާބީއާ ގުޅިގެން އުތީމު ކައުންސިލްގެ ރައީސް ޢަބްދުﷲ ރަޝީދު […]