ދަގަނޑޭ އަށް މަޖިލީހުގެ ރައީސްގެ ގެކޮޅުގެ އިސް މަގާމެއް
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާޤް (ދަގަނޑޭ)، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގެކޮޅުގެ (މުރައިދޫ ގޭގެ) ޑިރެކްޓަ ޖެނެރަލްގެ މަގާމަށް ހަމައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑޭ އެ މަގާމަށް ހަމަޖެއްސީ މިދިޔަ ޖުލައި މަހު އެވެ. ދަގަނޑޭ މި މަގާމަށް ހަމަޖައްސާފައިވާއިރު، މަޖިލީހުގެ ރައީސްގެ ގެކޮޅުގެ އެންމެ އިސް ވެރިޔެއްގެ ގޮތުގައި، ޗީފް އޮފް ސްޓާފްގެ މަގާމް ފުރުއްވަމުން ގެންދަވަނީ ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމެވެ. މަޖިލީހުގެ ރައީސްގ...