މަސްތުވާތަކެއްޗަށް ފަރުވާދޭ ތަންތަނުގެ އަދަދު ޖޫން މަހު އިތުރުކުރަނީ
ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ބޮޑުވެފައި އޮތްނަމަވެސް ފަރުވާދިނުމުގެ ކަންކަން ފުރިހަމަވެފައި ނެތް ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެން.ޑީ.އޭ) ގެ ބޯޑުގެ ޗެއަރމަން އަދި ހެލްތު މިނިސްޓަރުގެ ނައިބު ޝަމާއު ޝަރީފް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާގެ ‘ރާއްޖެ މިއަދު’ ގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިއަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ކުރިން އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ފަރުވާދިނުމުގެ ތަންތަން އިތުރުވެގެންދާނެ ކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކާއި ސިއްޙީ ޚިދުމަތް ފޯރ...