ދައުރު ނިމުމުގެ ކުރިން ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން: އަމީން
އަންނަ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކާމިޔާބުވެއްޖެނަމަ، ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލި ދާއިރާގެ ޤާސިމް އިބްރާޙީމްގެ ރަނިން މޭޓު، ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. އަމީން މިހެން ވިދާޅުވީ، “ކަށަވަރު ބޯހިޔާވަހިކަން” ނަމުގައި ޖުމްހޫރީ ޕާޓީން ރޭ ކުރިއަށްގެންދިޔަ ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. ވީޓީވީއިން ލައިވް ކުރި ޕެނަލް...