Skip to main content
Topic Archive

#ޖުމްހޫރީ ޕާޓީ

178 Stories filed
ގާސިމްގެ ވެރިކަމެއްގައި ބޮލަކަށް ޖެހޭ ވަރު 27،000 ޑޮލަރަށް ބަދަލު ކުރާނެ: އަމީން
Raajje

ގާސިމްގެ ވެރިކަމެއްގައި ބޮލަކަށް ޖެހޭ ވަރު 27،000 ޑޮލަރަށް ބަދަލު ކުރާނެ: އަމީން

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ވެރިކަމެއްގައި ކޮންމެ ރައްޔިތަކަށް ބޮލަކަށް ޖެހޭ ވަރު 27،000 ޑޮލަރަށް ބަދަލު ކުރާނެ ކަމަށް ގާސިމްގެ ތަރުޖަމާނު އަދި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގާސިމް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި އަމީން ވިދާޅުވީ ގާސިމަކީ ވަރަށް ވަރުގަދަ ސިޔާސީ ލީޑަރެއް ކަމަށާއި އޭނާ ވަޑައިގަންނަވަނީ ރާއްޖެ ދުވަހަކުވެސް ނުދެކޭފަދަ ބޮޑު ތަސައްވުރަކާއެކުގައި […]

ހަ މަސް ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ އޮޕަރޭޝަނަށް ގެންނާނަން: ގާސިމް
Raajje

ހަ މަސް ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ އޮޕަރޭޝަނަށް ގެންނާނަން: ގާސިމް

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ވެރިކަމަށް ވަޑައިގެންފި ނަމަ، ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ޝަންގްރިއްލާ އާއި ހެރެތެރެ ރިސޯޓު ހަދައި ދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ފޯރިގަދަ، ބޮޑު ޖަލްސާގައި ގާސިމް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު އައްޑޫ ރައްޔިތުން ހިމެނޭ ގޮތަށް ރާއްޖޭގެ ހުރިހާ […]

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި: ޤާސިމް
Raajje

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި: ޤާސިމް

އިންތިޚާބަށް ކުރިމަތިލީ ޤައުމު ސަލާމަތް ކުރުމުގެ ބޭނުމުގައި ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ސިޓީ އަށް ވަޑައިގެން ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައި ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން އޭނާ ޓެސްޓް ކުރަން ރައްޔިތުން ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. 1976 ވަނަ އަހަރު އެންމެ 2،000 ޑޮލަރުނ...

ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް
Raajje

ބިލިއަން ޑޮލަރުގެ ދަރަނި ދައްކަން 600 މިލިއަންގެ ހިލޭ އެހީ ހޯދާނަން: ގާސިމް

ދައުލަތުން ނަގާފައިވާ ދަރަނީގެ ތެރެއިން 2026 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ ކަމަށާއި އެ ދަރަނި ދައްކަން 600 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ހޯއްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި މިރޭ ކުރިއަށް ގެންދާ ރިޔާސީ ބަހުސްގައި، ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު […]

އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް
Raajje

އަޅުގަނޑުމެން ގެންގުޅޭނީ ނާސިރާއި މައުމޫންގެ ހާރިޖީ ސިޔާސަތު: ގާސިމް

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ގެންގުޅުއްވާނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާރިޖީ ސިޔާސަތު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ. ސަންގު ޓީވީ އިސްވެ، ގިނަ މީޑިއާތަކާ ގުޅިގެން މިރޭ ބޭއްވި “ރިޔާސީ ބަހުސް” ގައި ގާސިމް ވިދާޅުވީ ރައީސް މައުމޫންގެ ހާރިޖީ ސިޔާސަތު ގެންގުޅުއްވި ގޮތް ވަރަށް ކަމުދާ ކަމަށެވެ. އަދި އިތުރު ގައުމަކާ […]

ގާސިމް ވިދާޅުވަނީ އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށް!
Raajje

ގާސިމް ވިދާޅުވަނީ އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށް!

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، އާ ޓެކުހެއް ތައާރަފް ނުކުރައްވާނެ ކަމަށާއި މިހާރު ހުރި ޓެކްސްތައް ހާމަނައިޒް ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ސަންގު ޓިވީގެ “ރިޔާސީ ބަހުސް” ގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ރިޔާސީ ދައުރެެއްގައި އާމްދަނީ ހޯދަން ތަފާތު މަސައްކަތްތައް ކުރެއްވުމުގެ ވިސްނުން އެބަ ހުރި ކަމަށެވެ. އަދި ވަރަށް […]

މި ސަރުކާރަށް ރަނގަޅުކަމެއް ކުރަން އެނގެނީ ރައްޔިތުން މުޒާހަރާ ކުރުމުން: ޑރ. އަމީން
Raajje

މި ސަރުކާރަށް ރަނގަޅުކަމެއް ކުރަން އެނގެނީ ރައްޔިތުން މުޒާހަރާ ކުރުމުން: ޑރ. އަމީން

މި ސަރުކާރުން ފެނިގެންދާ ހަގީގަތަކީ ރައްޔިތުން މުޒާހަރާ ކުރުމުން ނޫނީ ރަނގަޅު ނިންމުމެއް މި ސަރުކާރަށް ނިންމަން ނޭނގުން ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ގައުމީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ވީޓީވީން ގެނެސްދިން ‘ހާސްކަނޑާލާ ހަމަޖެހޭނެ’ ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުންނެވެ. އަމީން ވިދާޅުވީ މި ސަރުކާރުން ނިންމާ ކޮންމެ ނިންމުމަކާއެކު ރާއްޖޭގެ ރައްޔިތުންނަށް ބޯޑު ހިފައިގެން މުޒާހަރާކުރަން މަގުމައްޗަށް ނުކުންނަ...

އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ފައިދާ ލިބޭނީ ގާސިމް ވެރިކަމެއްގައި: އަލީ ވަހީދު
News

އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ފައިދާ ލިބޭނީ ގާސިމް ވެރިކަމެއްގައި: އަލީ ވަހީދު

އިޖުތިމާއީ ފްލެޓުތަކުން ރައްޔިތުންނަށް ލިބެން ޖެހޭ ފައިދާ އޭގެ ހަގީގީ މާނައިގައި ލިބޭނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ލީޑަރު ގާސިމް އިބްރާހިމްގެ އިންތިހާބީ އެޖެންޓް އަލީ ވަހީދު ރޭ ވިދާޅުވެއްޖެއެވެ. ވީޓީވީން ކުރިއަށް ގެންދިޔަ ޕެނަލް ޑިސްކަޝަންއެއްގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ބޮޑު ދެ ޕާޓީ ކަމަށް ބުނާ އެމްޑީޕީ އަދި ޕީޕީއެމަށް ވެރިކަން ދީގެން 15 އަހަރު ތިބިއިރުގައި ވެސް، ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލު ނުވާކަމަށެވެ. އެގޮތުން […]

ޕީޕީއެމް އާއި އެމްޑީޕީގެ ސަރުކާރު ވީ ބޮޑު ތަނުން ފެއިލް: ގާސިމް
Raajje

ޕީޕީއެމް އާއި އެމްޑީޕީގެ ސަރުކާރު ވީ ބޮޑު ތަނުން ފެއިލް: ގާސިމް

ފެހި ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި އުފެދުނު ސަރުކާރުތައް ވީ ބޮޑު ތަނުން ފެއިލް ކަމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އިއްޔެ ވިދާޅުވެއްޖެއެވެ. ވީޓީވީ އިން ގެނެސްދިން “ހާސްކަނޑާލާ ހަމަޖެހޭނެ” ޕްރޮގްރާމުގައި ގާސިމްގެ އިތުރުން އޭނާގެ ރަނިންމޭޓް އަމީން އިބްރާހިމާއި އިންތިހާބީ އެޖެންޓް އަލީ ވަހީދާއި ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަހުމަދު ނިހާން ވަނީ ފެހި ގާނޫނުއަސާސީގެ ދަށުން އުފެދުނު އެމްޑީޕީގެ ދެ ސަރުކާރާއި ޕީޕީއެމްގެ […]

މިއީ ސުމެއްގެ ސަރުކާރެއް، ދަރަނި އަޅުވައި ދެއްކީ ހުވަފެނެއްގެ މަންޒަރު: ގާސިމް
Raajje

މިއީ ސުމެއްގެ ސަރުކާރެއް، ދަރަނި އަޅުވައި ދެއްކީ ހުވަފެނެއްގެ މަންޒަރު: ގާސިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރަކީ “ސުމެއްގެ” ސަރުކާރެއް ކަމަށާއި ރައްޔިތުންގެ ބޮލުގަ ދަރަނި އަޅުވައި، ރައްޔިތުންނަށް ދެއްކީ ހުވަފެނެއްގެ މަންޒަރު ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ. ވީޓީވީން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން ގާސިމްގެ ސްޕެޝަލްގެ އެޑްވައިޒަރު އަހުމަދު ނިހާން ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ވެރިކަމެއް ނިމިގެންދާ އިރު، ދައުލަތުގެ ދަރަނި 114 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އެ […...

އެމްޑީޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޤާސިމް: އަމީން
Raajje

އެމްޑީޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޤާސިމް: އަމީން

އެމްޑިޕީއާއި ޕީޕީއެމްގެ ވެރިކަންތަކުގައި ވައުދުވެ، ނުފުއްދުނު ވައުދުތައް ފުއްދަވައިދެއްވާނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްގެ ވެރިކަމެއް ކަމަށް ޤާސިމްގެ ރަނިންމޭޓް ޑރ. އަމީން އިބްރާހީމް ރޭ ވިދާޅުވެއްޖެއެވެ. ޑރ. އަމީން މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޑރ. އަމީން ވަނީ ފާއިތުވީ 15 އަހަރުގެ ތެރޭގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ދެ ސަރުކާރަކާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލ...

ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދޭނަން: ޤާސިމް
Raajje

ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދޭނަން: ޤާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާޙީމްގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށް ޤާސިމް ރޭ ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޤާސިމް ވަނީ ވެރިކަން ލިބިއްޖެނަމަ ހުރިހާ އިޖުތިމާއީ ފްލެޓެއް ހިމެނޭހެން ހިޔާ ފްލެޓްތަކާއި، ސިފައިންނާއި، ފުލުހުންގެ ފްލެޓްތަކާއި، ސަރުކާރުތަކުން ދީފައިވާ އެސްއެމްއީ ލޯނުތަ...

ޖޭޕީގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުގެ ކުލި މައާފް ކޮށްދޭނަން: ޤާސިމް
Raajje

ޖޭޕީގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުގެ ކުލި މައާފް ކޮށްދޭނަން: ޤާސިމް

ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ވެރިކަމެއްގައި އިޖުތިމާއީ ފްލެޓުތަކުގެ ކުލި މައާފް ކޮށްދެއްވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ ރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް، އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ، އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް ދުވަހަކު ވެސް ދެކޮޅު ނަހައްދަވާނެ ކަމަށެވެ. އެހެންނަމަވެސް ގާސިމްގެ ޓްވީޓުގައި ވަނީ ދިވެހިދައުލަތުގައި އޮތް އެ...

ވެރިކަން ލިބިއްޖެނަމަ، ދިވެހީންގެ އަތްމައްޗަށް ވިޔަފާރިތައް ގެނެސްދޭނަން: އަމީން
Raajje

ވެރިކަން ލިބިއްޖެނަމަ، ދިވެހީންގެ އަތްމައްޗަށް ވިޔަފާރިތައް ގެނެސްދޭނަން: އަމީން

މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުވެ، ރާއްޖޭގެ ވެރިކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަތުވެެއްޖެނަމަ ވެރިކަން ދިވެހީންގެ އަތްމައްޗަށް ވިޔަފާރިތައް ގެނެސްދެއްވާނެ ކަމަށް ގައުމީ ކެންޑިޑޭޓު، ޤާސިމް އިބްރާހީމްގެ ރަނިންމޭޓު، ޑރ. އަމީން އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދިން “ރަނިންމޭޓް” ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމުގައި ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ދިވެހިންގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ހޯދު...

ޖޭޕީގެ ވެރިކަމެއްގައި ނައިފަރާއި ހިންނަވަރު ބްރިޖަކުން ގުޅާލައި ސިޓީއަކަށް ހަދާނަން: ގާސިމް
Raajje

ޖޭޕީގެ ވެރިކަމެއްގައި ނައިފަރާއި ހިންނަވަރު ބްރިޖަކުން ގުޅާލައި ސިޓީއަކަށް ހަދާނަން: ގާސިމް

ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ފާދިއްޕޮޅު ނައިފަރާއި ހިންނަވަރުގެ ދެމެދުގައިވާ ފަޅުތައް ބްރިޖަކުން ގުޅާލައި، އެ ދެރަށުގެ ބިން ހިއްކައި، އެ ސަރަހައްދު ބޮޑު ސިޓީއަކަށް ހަދައި ދެއްވާނެކަަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖޭޕީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ކެމްޕެއިން ދަތުރުފުޅުގައި ނައިފަރަށް ވަޑައިގެން އެރަށުގައި ތިބި އެ ޕާޓީގެ ސަޕޯޓަރުުންނާއި އެރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހ...