Skip to main content
Topic Archive

#ޕީޖީ އޮފީސް

143 Stories filed
ޔާމީން ލޯންޑާކުރި 52 މިލިއަން ދައުލަތަށް ނަގަން ޕީޖީން މަޝްވަރާކުރަނީ
Raajje

ޔާމީން ލޯންޑާކުރި 52 މިލިއަން ދައުލަތަށް ނަގަން ޕީޖީން މަޝްވަރާކުރަނީ

ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރިކަން ސާބިތުވި (3.4 މިލިއަން ޑޮލަރު) 52 މިލިއަން ރުފިޔާ ދައުލަތަށް ނެގުމުގެ ބައި އިސްތިއުނާފް ކުރުމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވިކަން ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ […]

ޝިއާއުގެ އަނިޔާވެރި މަރުގެ ޝަރީއަތް ސިއްރުކުރަނީ
Raajje

ޝިއާއުގެ އަނިޔާވެރި މަރުގެ ޝަރީއަތް ސިއްރުކުރަނީ

މާލޭގެ ގެއެއްގެ ތެރޭގައި އަނިޔާވެރިކޮށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލާގެ ޝަރީއަތް ސިއްްރުކުރަން ދައުލަތުން ކޯޓުގައި އެދެފި އެވެ. ހެންވޭރު ގެއެއްގެ ތެރޭގައި މިދިޔަ އޮގަސްޓް މަހު ޝިއާއުގެ ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު އޭނާ މަރާލި މައްސަލާގައި ފ. ނިލަންދޫ ފިނިފެންމާގޭ، އަލީ ސާހިލްގެ މައްޗަށް ފަސް ދައުވާއެއް ދައުލަތުން އިއްޔެެ ވަނީ ކޮށްފަ އެވެ. ދެ ދައުވާއެއް ދައުލަތުން ވަނީ ސިއްރުކޮށްފަ އެވެ. އެހެންވެ, މުޅި އެ މައްސަލާގެ ޝަރީއަތް ސިއްރުކުރަން […]

ޝިއާއުގެ މަރު: ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވައިފި
Raajje

ޝިއާއުގެ މަރު: ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވައިފި

ހ. ޝީރީންވިލާގޭގައި ތޫނުއެއްޗަކުން ޙަމަލާދީ ޝިއާއު މުހައްމަދު ސައީދު މަރާލި މައްސަލާގައި ތުހުމަތުކުރެވޭ ފ. ނިލަންދޫ, ފިނިފެންމާގެ, އަލީ ސާހިލްގެ މައްޗަށް 5 ދައުވާއެއް ކުރުމަށް ފޮނުވާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން ވިދާޅުވީ، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއެކު ޖުމްލަ ފަސް ދައުވާ ސާހިލްގެ މައްޗަށް އުފުލާފަ...

އެންސްޕާގެ ކުރީގެ ސީއީއޯ އަށް ދައުވާ ކުރުމާއިމެދު ގޮތެއް ކަނޑައެޅުމަށް ޕީޖީއަށް ފޮނުވައިފި
Raajje

އެންސްޕާގެ ކުރީގެ ސީއީއޯ އަށް ދައުވާ ކުރުމާއިމެދު ގޮތެއް ކަނޑައެޅުމަށް ޕީޖީއަށް ފޮނުވައިފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ކުރީގެ ސީއީއޯ މުޖްތަބާ ޖަލީލުގެ މައްޗަށް ދަޢުވާކުރުމާއިމެދު ގޮތެއް ކަނޑައަޅައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ އެންސްޕާގެ ބޭނުމަށް ​​ކުއްޔަށް ހިފި ގެއެއްގެ ފްލޯތަކުގެ އިންޓީރިއާ ޑިޒައިނިންގގެ މަސައްކަތް އުސޫލުތަކާއި ހިލާފަށް އަމިއްލަ ފަރާތަކާ ހަވާލުކުރި މައްސަލާގަ އެވެ. އޭސީސީން ވިދާޅުވެފައި ވަނީ 2015 ވަނަ އަހަރު އެންސްޕާގެ ބޭނުމަށް ކުއްޔަށް ހ...

ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން: ޝަމީމް
Raajje

ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން: ޝަމީމް

ގާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެ އަދަބު ތަންފީޒު ނުކުރުމެއް ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މިހާރު ބޭނުންކުރާ ގާނޫނަކީ 2014 ވަނަ އަހަރު ފާސްކުރައްވައި، 2015 ގައި އަމަލުކުރަން ފަށާފައިވާ، ޒަމާނާގުޅޭ ގާނޫނެއް ކަމަށެވެ. ކުރީގެ ގާނޫނު ކަމުނުގޮސްގެން ބަދަލުކުރީ، އެގާނޫނުގެ ދަށުން ހުރި އަދަބުތަކަކީ އެކަށީގެންވާ އަދަބުތަކެއްކަމަށް ނުވާތީއާއި، އެގާނޫނު ލިޔުނު ގޮތުގެ ތާރީހީ ހަގީގަތްތަކަށް މިހާރު ބަދަލުވެފައިވާތީ ކަ...

ޖޫރިމަނާގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ފޮނުވަނީ
Raajje

ޖޫރިމަނާގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ފޮނުވަނީ

ޖޫރިމަނާގެ ފައިސާ ހުކުމާ އެއްގޮތަށް ނުދައްކާ މީހުންގެ މައްސަލަ ކޯޓަށް ފޮނުވަން ނިންމާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެ އެވެ. އެ އޮފީހުން މިއަދު ވިދާޅުވީ ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން އެ އޮފީހުން ހޯދި މައުލޫމާތަށް ބަލާއިރު، ހާމަވާ ކަމަށެވެ. ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގައި ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އ...

މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓު ގައި އިސްތިއުނާފުކޮށްފި
Raajje

މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓު ގައި އިސްތިއުނާފުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުރި ގދ. ހޯނޑެއްދޫ، އަލޯރާ، އަހުމަދު މުޖާހިދު ބަންދުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ހުރި މުޖާހިދު ކްރިމިނަލް ކޯޓުން ދޫކޮށްލީ މައްސަލަ ބަލާ ސެކްޝަންގައި ދާއިމީ ފަނޑިޔާރަކު ނެތި މައްސަލަ ލަސްވާ ކަމަށް ބުނެ އެވެ. ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާއިރު، އޭގެ ތެރޭގައި ދައުލަތުގެ ހެކިންނާއި މުއާސަލާތު ނުކުރުމާއި ހެއްކަށް ނުފޫޒު ނުފޯރުވުމާއި ކޯޓުން އަންގާ ގޮތެއްގެ މ...

ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ޕީޖީ އޮފީހާއި އޭސީސީއާ ދެމެދު ސޮއިކޮށްފި
Raajje

ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ޕީޖީ އޮފީހާއި އޭސީސީއާ ދެމެދު ސޮއިކޮށްފި

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު ގުޅިގެން މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ސޮއިކުރެއްވީ ޕީޖީ ޙުސެއިން ޝަމީމެވެ. އޭސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޮމިޝަންގެ ރައީސް އާދަމް ޝާމިލެވެ. މި ދެ މުއައްސަސާ ގެ ދެމެދުގައި އެހީތެރިކަން ބަދަލު ކުރުމަށް ވެވުނު މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާ...

ޒަޔާންގެ މަރުގެ މައްސަލައިގާ ހިމެނޭ 4 ކުދިންގެ މައްޗަށް ދައުވާ ކޮށްފި
Raajje

ޒަޔާންގެ މަރުގެ މައްސަލައިގާ ހިމެނޭ 4 ކުދިންގެ މައްޗަށް ދައުވާ ކޮށްފި

އައްޑޫ ސިޓީ ފޭދޫ / ސޮލިޑް، މުހައްމަދު ޒަޔާން މޫސާ މަރުވި މައްސަލައިގައި ހިމެނޭ ހަތަރު ކުދިންގެ މައްޗަށް ދައުވާ ކޮށްފި އެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވިދާޅުވީ އުމުރުން 21 އަހަރުގެ ޒަޔާން އަށް ތޫނުއެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. އެއީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު ގެ 05 ވަނަ […]

ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވައިފި
Raajje

ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވައިފި

ރ. ދުވާފަރު ކައުންސިލުގެ ކޮރަޕްޝަން މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވިދާޅުވެއްޖެ އެވެ. އޭސީސީން ވިދާޅުވީ ދުވާފަރު ކައުންސިލުގެ މޮނިޓަރިން ރިޕޯޓުން ފާހަގަވި ކޮރަޕްޝަންގެ މައްސަލައިގެ ތަޙުޤީގަށްފަހު ޑިއުޓީ ޕްރޮސިކިއުޝަން ގައި މަޝްވަރާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް އޭސީސީގެ ޓީމެއް މިދިޔަ އޮގަސްޓުމަހުގެ 25 އިން ސެޕްޓެމްބަރ 08 އަށް ދުވާފަރުގަ...

އަލަމްގީރް މައްޗަށް އުފުލި 40 ދައުވާގެ ހުކުމް އަންނަ ބުދަ ދުވަހު، އަދަބަކީ 1080 ދުވަހުގެ ޖަލު ހުކުމެއް
Raajje

އަލަމްގީރް މައްޗަށް އުފުލި 40 ދައުވާގެ ހުކުމް އަންނަ ބުދަ ދުވަހު، އަދަބަކީ 1080 ދުވަހުގެ ޖަލު ހުކުމެއް

އެއް ޖިންސުން ގުޅުން ހިންގުމުގެ ކުށް ސާބިތުވެފައިވާ ބަންގްލަދޭޝްގެ ފިރިހެނެއްކަމަށްވާ އަލަމްގީރް ގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އިއުތިރާފްވެފައިވާއިރު އޭނާގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 28 ވަނަ ބުދަ ދުވަހު އޮންނާނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވެއްޖެ އެވެ. ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަލަމްގީރްގެ މައްޗަށް އުފުލާފައިވާ 40 ދައުވާއަށް އޭނާ އިއުތިރާފްވެފައިވާތީ، ދެން އޮންނާނީ އަވަސްނިޔާ އިއްވުން ކަމަށެވެ. އަދި އެ މައްސަލައިގެ […]

ފަޒްލޫން ބަންދުން ދޫކުރި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި
Raajje

ފަޒްލޫން ބަންދުން ދޫކުރި މައްސަލަ ދައުލަތުން އިސްތިއުނާފްކޮށްފި

ޔޯގާ މައްސަލާގައި ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ބަންދުން ދޫކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ. ޔޯގާއާ ދެކޮޅަށް މިދިޔަ މަހު ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ފަޒްލޫނާއި ޝޭހް އާދަމް ނިޝާންގެ ތެރެއިން ފަޒްލޫން މިދިޔަ ހަފުތާގައި ބަންދުން ދޫކޮށްލީ ކްރިމިނަލް ކޯޓުގެ އަމުރަކަށެވެ. އެ ނިންމުން އިސްތިއުނާފްކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅީ މިއަދެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ގޮތެއް އަދި ނުނިންމަ އެވެ. ފަޒްލޫން ބަންދުކުރި […]

ޑެޕިއުޓީ ޕީޖީއަކަށް ސަމީރު އައްޔަނުކޮށްފި
Raajje

ޑެޕިއުޓީ ޕީޖީއަކަށް ސަމީރު އައްޔަނުކޮށްފި

ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު އައްޔަންކުރައްވައިފިއެވެ. ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވިދާޅުވިގޮތުގައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަޤާމަށް އަލްއުސްތާޛު ޢަލީ ސަމީރު ވަނީ އައްޔަންކުރައްވާފައެވެ. ހދ. ނައިވަދޫއަށް ނިސްބަތްވާ ފަނޑިޔާރު ސަމީރު ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރިލް މަހުގެ 17 ވަނަ ދުވަހުއެވެ. ސަމީރު ވަނީ ހ...

މަހްލޫފްގެ މައްސަލަ ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް: ޕީޖީ
Raajje

މަހްލޫފްގެ މައްސަލަ ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް: ޕީޖީ

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ދައުވާކުރި ރިޝްވަތުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ. އެސްއީޒެޑް ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ހޯދި ކަމަށް ބުނެ މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ އިބްތިދާއީ މަރުހަލާގައި މަދަނީ މިންގަނޑުން […]

ޓްރީޓޮޕްގެ ނަރުހަކު ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން ރިޕޯޓު ނުކުރުމުން، އެތަނުގެ 3 މުވައްޒަފަކަށް ދައުވާކޮށްފި
News

ޓްރީޓޮޕްގެ ނަރުހަކު ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން ރިޕޯޓު ނުކުރުމުން، އެތަނުގެ 3 މުވައްޒަފަކަށް ދައުވާކޮށްފި

ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލްގެ ބިދޭސީ ނަރުހެއް، ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގިކަން އެނގިތިބެ ފުލުހުންނަށް ރިޕޯޓު ނުކުރުމުން، އެ ހޮސްޕިޓަލްގެ 3 މުވައްޒަފެއްގެ މައްޗަށް ދައުވާކޮށްފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހު ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢު މިއަދު ވިދާޅުވީ، އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންނާ މެދު ޖިންސީ އަމަލުހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅުންހުރި މަޢުލޫމާތު ޓްރީޕޮޓް ހޮސްޕިޓަލަށް ލިބުމުން އެމަޢުލޫމާތު އެވަގުތު ރިޕޯޓް ކުރަންޖެހޭ މުއައްސަސާތަކަށް ރި...