''މުޢިއްޒުގެ ސަރުކާރުގައި ޑިމޮކްރެޓުން ބައިވެރިވާނެ''
ދެން ފެށޭ ރިޔާސީ އައު ދައުރުގައި ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް ވެސް ބައިވެރިވާނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. ދަ ޑިމޮކްރެޓްސްގެ ފައުންޑަރ، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް މިރޭ ވިދާޅުވީ، ދެން އުފެދޭ ޑރ. މުޢިއްޒުގެ ސަރުކާރުގައި އެ ޕާޓީން ވެސް ބައިވެރިވާނެ ކަމަށެވެ. ރިޔާސީ އިންތިޚާބުގެ ދަ ޑިމޮކްރެޓްސް އިން ވާދަކޮށްފައިވާއިރު، އިންތިޚާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު […]