މައްސަލަތަކުގައި ވަކިގޮތަކަށް ބަޔާންދިނުމަށް ފުލުހުންގެ ބައެއް އިސްވެރިން މަސައްކަތް ކުރޭ: ޔާމީންގެ ވަކީލުން
ސިޔާސީ ފަރާތްތައް ހިމެނޭ މައްސަލަތަކުގައި ވަކިގޮތަކަށް ބަޔާންދީ، ވަކި ގޮތަކަށް އަމަލުކުރުމަށް ފުލުހުންގެ ބައެއް އިސްވެރިން މަސައްކަތް ކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެ އެވެ. އެ ޓީމުން މިއަދު ބޭއްްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ގާނޫނީ ވަކީލު އަލީ ޝާހު ވިދާޅުވީ މުޅި މައްސަލައިގައި ވެސް ދައުލަތުން ބަރޯސާވެފައިވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް އަބްދުލްޣަފޫރާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތު...