Skip to main content
Topic Archive

#ޕީޕީއެމް

386 Stories filed
ޔާމީންގެ ދިފާއު ބިނާކުރަން މަސައްކަތްކޮށްކޮށް ވަރުބަލިވެއްޖެ: ޖަމީލް
Raajje

ޔާމީންގެ ދިފާއު ބިނާކުރަން މަސައްކަތްކޮށްކޮށް ވަރުބަލިވެއްޖެ: ޖަމީލް

ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ދިފާއު ބިނާކުރަން މަސައްކަތް ކޮށްކޮށް ވަރުބަލިވެއްޖެ ކަމަށް އެމަނިކުފާނުގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު މިއަދު ސުޕްރީމް ކޯޓުގައި ވިދާޅުވެއްޖެ އެވެ. 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ. ފުއްގި...

އިޓްލޮސްގެ ހުކުމް ބަލައެއް ނުގަންނަން، މައްސަލަ އިސްތިއުނާފު ކުރާނަން: އިދިކޮޅު
Raajje

އިޓްލޮސްގެ ހުކުމް ބަލައެއް ނުގަންނަން، މައްސަލަ އިސްތިއުނާފު ކުރާނަން: އިދިކޮޅު

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިދިޔަ އޭޕްރީލް މަހުގެ 28 ވަނަ ދުވަހު ނިންމި މައްސަލަ ބަލައި ނުގަންނަކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ. މޮރިޝަސްއިން 200 ނޯޓިކަލް މޭލަށްވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފަކަށް ދަޢުވާކުރި ކަމަށް ބުނާ މި މައްސަލައިގައި އިޓްލޮސް ނިންމާފައިވަނީ ބްލެންހައިމް ރީފް ބޭސް ޕޮއިންޓެއްގެ ގޮތުގައި ބޭނުންނުކުރެވިދާނެ ކަމަށް ދިވެހިރާއްޖެއިން ބުނާބުނުމަށް ތ...

ކަންބޮޑުވުންތަކުގެ އަޑު އިއްވަން އިދިކޮޅު ވަފުދެއް ކޮލަމްބޯއަށް ފުރަނީ
Raajje

ކަންބޮޑުވުންތަކުގެ އަޑު އިއްވަން އިދިކޮޅު ވަފުދެއް ކޮލަމްބޯއަށް ފުރަނީ

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕްގެ ދެ ލީޑަރުން ކޮލަމްބޯއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން ބުނީ ކޮލަމްބޯ އަށް ވަޑައިގަންނަވާނީ ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ކަމަށާއި އެ ދެ ބޭފުޅުން މިއަދު ފުރާވަޑައިގަންނަވާނެ ކަމަށް ވެސް ބުނެއެވެ. އެ ދެބޭފުޅުން ކޮލޮމްބޯއަށް ވަޑައިގެން ބޭރުގެ ޑިޕްލޮމެޓުންނާއި ރައީސް ޔާމީންގެ […]

ޔާމީން ރިޝްވަތެއް ނުހިފާ, ސިޔާމާއެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ވަކީލުން
Raajje

ޔާމީން ރިޝްވަތެއް ނުހިފާ, ސިޔާމާއެކު ހިންގީ ޑޮލަރު ގަތުމުގެ މުއާމަލާތެއް: ވަކީލުން

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނަންގަވާފައި ނުވާ ކަމަށާއި އެމަނިކުފާނަށް ލިބިވަޑައިގަތް ފައިސާއަކީ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމްގެ އަތުން ޑޮލަރުގެ ގަތުމުގެ މުއާމަލާތެއް ކަމަށް ޔާމީންގެ ވަކީލުން މިއަދު ވިދާޅުވެއްޖެ އެވެ. 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން 1.1 މިލިއަން ޑޮލަރު ރިޝްވަތު […]

ހަނިމާދޫން މީހުން ބާލާ ހިސާބަށް ވެސް އަދި ދާނެ: ސުޖާޢު
Raajje

ހަނިމާދޫން މީހުން ބާލާ ހިސާބަށް ވެސް އަދި ދާނެ: ސުޖާޢު

އިދިކޮޅު ކޯލިޝަނުން ދެއްކި ވާހަކަ ހަނިމާދޫ ކައުންސިލުން އަޑު ނޭހިކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ހދ. ހަނިމާދޫން މީހުން ބާލާ ހިސާބަށް އަދި ކަންތައްތައް ދާނެކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން އެ ސަރަހައްދުން ނަގާފައިވާ ބޮޑެތި ގަސްތައް ހަނިމާދޫ ކައުންސިލުގެ ހުއްދަ ނުހޯދައި ބޭރުކުރާތީ އެ ރަށު ކައުންސިލުން އިއްޔެ ވަނީ […]

ގައުމުގެ އުއްމީދު ގުޅިފައި ވަނީ ރައީސް ޔާމީނާ: އަދުރޭ
Raajje

ގައުމުގެ އުއްމީދު ގުޅިފައި ވަނީ ރައީސް ޔާމީނާ: އަދުރޭ

ދިވެހި ގައުމުގެ އުއްމީދު ގުޅިފައި ވަނީ ކުރީގެ ރައީސް، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމާ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަނުން މިރޭ “ޗަ ގޯސް” ނަމުގައި މާލޭގެ ކާނިވަލުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކާވި ކޮންމެ ފަހަރަކު ރާއްޖޭގެ އިސްލާމްދީން ހިމާޔަތް...

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް: އަދުރޭ
Raajje

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް: އަދުރޭ

މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު؛ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ވަނީ ނިންމާފައެވެ. އެ ނިންމުމަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ، މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށެވެ. “ދިވެހި ރާއްޖޭގެ ތާރީޚު ލިޔާންފެށީއްސުރެ […]

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފި
Raajje

ޗާގޯސް މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފި

ޗާގޯސް މައްސަލައިގައި ޕްރޮގްރެސިވް ކޯލިޝަންގެ މެމްބަރުން މަޖިލީހުގައި އިހުތިޖާޖު ކޮށްފިއެވެ. އިދިކޮޅު ޕީޕީއެމް، ޕީއެންސީ އަށް ނިސްބަތްވާ މެމްބަރުން އިހުތިޖާޖު ކޮށްފައިވަނީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ބައެއް ދޫކޮށްލުމަށް މި ސަރުކާރުން އެއްބަސްވެފައިވާކަމަށް ބުނެއެވެ. މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި އިދިކޮޅު ކޯލިޝަނުގެ ބައެއް އެހެން މެމްބަރުން ވަނީ ޗާގޯސްއާއި ރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު މޮރިޝަސް އާ ފުށުއަރާ މަ...

ފުއްގިރި މައްސަލާގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފް ކުރަނީ
Raajje

ފުއްގިރި މައްސަލާގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ޔާމީން އިސްތިއުނާފް ކުރަނީ

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭ ގޮތުން ހައި ކޯޓުން ނިންމާފައިވާ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތުން ނިންމައިފި އެވެ. ފުއްގިރި މައްސަލާގައި ޔާމީނާއި ސަން އިންޖިނިއަރިން ކުންފުންޏާއި ސަން އިންވެސްޓްމަންޓާއި ކްރިކް ރިޒާގެ މައްޗަށް ދައުވާ ކުރަނީ ފުއްގިރި މައްސަލާގައި ރިޝްވަތުގެ ގޮތުގައި ކްރިކް ރިޒާ މެދުވެރިކޮށް ޔާމީން އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވަ...

ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ: އަދުރޭ
Raajje

ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ: އަދުރޭ

ޕްރޮގްރެސިވް ކޯލިޝަނަކުން އެހެން އެއްވެސް ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނެ ކަމަށް އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަކުރުމަށް ނިންމައި، އެ ޕާޓީއާއެކު ކޯލިޝަން ހެދުމަށް ދައުވަތު ދިނުމަށް ނިންމާފައިވާކަމަށް އަޑު ފެތުރުމާއި ގުޅިގެންނެވެ. ޖޭޕީގެ ލީޑަރ އަދި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގާސިމް އިބްރާހިމް އާއެކު ކޯލިޝަން ހެދުމަށް ދައުވަތު ޕީޕީއެމް/ޕީއެ...

ރިޟާގެ ތައުބީން ޖަލްސާ މިރޭ ގުރައިދޫގައި
Raajje

ރިޟާގެ ތައުބީން ޖަލްސާ މިރޭ ގުރައިދޫގައި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޟާގެ ހަނދާނުގަައި ބާއްވާ ތައުބީންގެ ޖަލްސާ މިރޭ ގުރައިދޫގައި ބާއްވަން ނިންމައިފިއެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މިއަދު ބުނީ ރިޟާގެ ތައުބީން ޖަލްސާ މިރޭ ގުރައިދޫގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ރިޟާ އަވަހާރަވީ 22 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ. ރިޟާ އަވަހާރަވީ […]

ޔާމީންގެ އިސްތިއުނާފް އިސްލާހުކުރަން އަނބުރާ ފޮނުވާލައިފި
Raajje

ޔާމީންގެ އިސްތިއުނާފް އިސްލާހުކުރަން އަނބުރާ ފޮނުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް އިސްލާހު ކުރުމަށްޓަކައި ހައި ކޯޓުން އަނބުރާ ފޮނުވާލައިފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެ ހުކުމް އިސްތިއުނާފްކުރަން ޔާމީންގެ ފަރާތްޕުޅުން ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އިސްތިއުނާފް އިސްލާހު ކުރުމަށްފަހު އަލުން ހުށަހަޅަން ޔާމީންގެ ވަކީލުންނަށް ކޯޓުން އެންގީ […]

ޔާމީނުގެ މައްސަލަ ލަސްވާތީ އިދިކޮޅު ލީޑާޝިޕް ހައިކޯޓަށް
Raajje

ޔާމީނުގެ މައްސަލަ ލަސްވާތީ އިދިކޮޅު ލީޑާޝިޕް ހައިކޯޓަށް

ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމްގެ އިސްތިއުނާފީ މައްސަލަ ލަސްވާތީ އިދިކޮޅު ލީޑާޝިޕް މިއަދު ހައިކޯޓަށް ވަޑައިގެންފިއެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. ޔާމީންގެ ވަކީލުންގެ ޓީމުން އެ […]

ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފުކޮށްފި
Raajje

ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް އިސްތިއުނާފުކޮށްފި

ކުރީގެ ރައީސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. އެ ހުކުމް އިސްތިއުނާފު ކުރަން މިއަދު ހައި ކޯޓަށް ހުށަހަޅުއްވާފައިވާ ކަން […]

ސަމަދު ވީތަނެއް ހޯދައި، އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ގޮަވައިލައިފި
Raajje

ސަމަދު ވީތަނެއް ހޯދައި، އޭނާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ގޮަވައިލައިފި

ހުޅުމާލެ ދާއިރާގެ ރައީސް ޢަބްދުއްޞަމަދު ވީތަނެއް ހޯދައި، އޭނާގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅު، ޕްރޮގްރެސިވް ކޯލިޝަނުން ސަރުކާރަށް ގޮަވައިލައިފިއެވެ. އެ ކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ އާއއިލާއަށް މިވަގުތު ބޭނުންވާ އެހީތެރިކަން ވަގުތުން ފޯރުކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލާފައެވެ. “މިޕާޓީގެ ހުޅުމާލޭ ދާއިރާގެ ރައީސް، ޢަބްދުއްޞަމަދު ބޭސް ފަރުވާއަށް އާއިލާއާއެކު އިންޑިއާގެ ބެންގަލޫރަށް ދަތުރު ކުރައްވާ، ބެންގަލޫރުގައި ހުންނަވަނިކޮށް އިއްޔެގެ ވަގުތެއްގައި ވީނުވީއެއް ނޭނގި އ...