ހއ. އަތޮޅުގެ މުދައްރިސުންނަށް ހާއްސަކޮށްގެން ޅެން ހަދަން ދަސްކޮށްދޭ ކޯހެއް
ހއ. އަތޮޅުގެ މުދައްރިސުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ޅެން ހެދުމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެ ފުރުޞަތު ހުޅުވާލަމުން ޕްރޮފެޝަނަލް ޓީޗަރސް އޮފް މޯލްޑިވްސް(ޕީޓީއެމް) އިން ބުނީ މިކޯސް ކުރިއަށް ގެންދަނީ “ޢީސަ އޮންލައިން ޕޮއެޓްރީ”ގެ ފަރާތުން ކަމަށެވެ. މި ކޯހުގައި ކިޔަވައި ދެއްވަނީ މަޝްހޫރު ޅެންވެރިޔާ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރ ޢީސާ ޝަރީފެވެ. ޢީސައަކީ މިހާރު ވެސް ރާއްޖޭގައި ޅެންވެރިކަން ކުރިއަރުވައި ގިނަބަޔަކަށް ޅެން ހެދުމުގެ ހުނަރު އ...