ސީޕީ ހަމީދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފި
ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ފުލުހުންގެ ޚިދުމަތުުން ޝަރަފުވެރިކަމާއެކު މިއަދު ރިޓަޔާ ކުރައްވައިފިއެވެ. ސީޕީ ހަމީދު ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރެއްވީ މިއަދު ފުލުހުންގެ މަރުކަޒު އިސްކަންދަރު ބިލްޑިން ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި، ސީޕީ ހަމީދަށް ޝަރަފުގެ ހަނދާނީ ފިލާ، ރިޓަޔާމަންޓް ކާޑު އަދި ފުލުހުންގެ ދިދަ އަރުވާފައިވެއެވެ. ޝަރަފުގެ ހަނދާނީ ފިލައަކީ، ޝަރަފުވެރިކަމާއެކު ރިޓަޔާކު...