Skip to main content
Topic Archive

#ޕްރޮގްރެސިވް ކޯލިޝަން

362 Stories filed
ކޯލިޝަން ސަރުކާރުގެ އަނިޔާތަކަށް ކެތެއް ނުކުރެވޭނެ: މުޙައްމަދު
Raajje

ކޯލިޝަން ސަރުކާރުގެ އަނިޔާތަކަށް ކެތެއް ނުކުރެވޭނެ: މުޙައްމަދު

މިހާރު ރާއްޖޭގައި ވެރިކަން ކުރަމުންދާ ކޯލިޝަން ސަރުކާރުން އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީނަށް ދެމުންދާ އަނިޔާތަކަށް ކެތް ނުކުރެވޭނެ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ މެންބަރު މުޙައްމަދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަމުގެ ދައުރަކީ ރާއްޖެއަށް ތަރައްގީއާއި ތަމައްދުން އެންމެ ރަނގަޅަށް ގެނެސްދިން ދައުރު ކަމަށެވެ. އަދި ރާއްޖޭގެ ދީނާއި، ގައުމިއްޔަތާއި އެންމެ މު...

ޔާމީން ކުރެއްވީ ގޭ ބަންދުގައި ހުންނަ މީހަކަށް ނުކުރެވޭނެކަމެއް ނޫން: އިދިކޮޅު ކޯލިޝަން
Raajje

ޔާމީން ކުރެއްވީ ގޭ ބަންދުގައި ހުންނަ މީހަކަށް ނުކުރެވޭނެކަމެއް ނޫން: އިދިކޮޅު ކޯލިޝަން

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށްކަމަށާއި، ފިޔަވަޅު އަޅާނެކަމަށްް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނުމާއި ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އެކަން ކުށްވެރިކޮށްފިއެވެ. އިދިކޮޅުން މިއަދު ހަވީރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ “އިންސާފު ހޯދަން” ނަމުގައި އެއްވުންތަކެއް ބާއްވާފައެވެ. މިގޮތުން މިއަދު މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ގޭ ބަންދުގައި ހުންނަވައިގެން ރައީސް ޔާމީން ވަނީ ބައިވެ...

އީސީ ޝަރީފްގެ ނަން އޮތީ ފޮތުގެ ވަރަށް ކުރީގައި، އެއީ ޒިންމާނަގަންޖެހޭ މާސްޓަރު: ޝުޖާޢު
Raajje

އީސީ ޝަރީފްގެ ނަން އޮތީ ފޮތުގެ ވަރަށް ކުރީގައި، އެއީ ޒިންމާނަގަންޖެހޭ މާސްޓަރު: ޝުޖާޢު

އިލެކްޝަން ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަޙްމަދު ޝަރީފްގެ ނަން އޮތީ އިދިކޮޅު ކޯލިޝަންގެ “ފޮތުގެ” ވަރަށް ކުރީގައި ކަމަށް ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ދެވަނަ ޕާޓީ ޕީއެންސީގެ ނައިބު ރައީސް އިބްރާޙީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި ޝުޖާޢު މިހެން ވިދާޅުވީ ރޭ އިދިކޮޅު ކޯލިޝަނުން މާލޭ ސިޓީގެ ކާނިވާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ “އައްޑަނަ” ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. […]

ހެދުނީ ގޯހެއް ކަމަށް ވިދާޅުވެ، މުހައްމާ އަލުން ޕީޕީއެމްއަށް
Raajje

ހެދުނީ ގޯހެއް ކަމަށް ވިދާޅުވެ، މުހައްމާ އަލުން ޕީޕީއެމްއަށް

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދު ﷲ (މުހަންމާ) ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި އަލުން ގުޅިއްޖެ އެވެ. މުހަންމާ މިރޭ ޕީޕީއެމާއި ގުޅިފައިވަނީ އެ ޕާޓީގެ ރަސްމީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޕީޕީއެމް ދޫކުރަށްވާ އޭރުގެ އިދިކޮޅާއި ގުޅުނު ގުޅުމަކީ ހެދު ގޯހެއް ކަމަށް މުހައްމާ ވަނީ ސިފަ ކުރަށްވާފައެވެ. “ހެދުނު ގޯހާމެދު އަދިވެސް ދެރަވޭ. ރައީސް ޔާމީނާ ވަކިވެވުނީތީ ވަރަށް ހިތާމަކުރަން. […]

ކައުންސިލްތަކަށް އެސްޖީއިން އައްޔަން ކުރުމުގައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު
Raajje

ކައުންސިލްތަކަށް އެސްޖީއިން އައްޔަން ކުރުމުގައި ނުފޫޒު ފޯރުވާކަމުގެ ތުހުމަތު

ކައުންސިލްތަކުގެ ސެކެޓްރީ ޖެނެރަލުން އައްޔަން ކުރުމުގައި ސިވިލް ސަރވިސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވަމުންދާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކޮށްފިއެވެ. މިގޮތުން އެ ކޯލިޝަނުން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ކައުންސިލްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމަށްވާ ސެކެޓްރީ ޖެނެރަލުން ޢައްޔަން ކުރުމަށްޓަކައި ކުރި އިއުލާނުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު، ސަރުކާރުން ބޭނުންވާ ބައެއް ފަރާތްތަކަށް ގުޅާ އިތުރު ފުރުސަތު ދެމުން...

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި
Raajje

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންއިން އިން ރޭ ބޭއްވި މުޒާހަރާ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި އެވެ. ފުލުހުން ވިދާޅުވި ގޮތުގައި މުޒާހަރާ އިން 12 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އަދި އެ އެންމެން ދޫކޮށްލި ކަމަށް ފުލުހުން ވަނީ ވިދާޅުވެފަ އެވެ. އެމީހުން ހައްޔަރުކުރީ ކޯވިޑް ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް ގިނަ މީހުން އެއްވެ އުޅުމުންނެވެ. މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައި އިދިކޮޅު ލީޑަރު، […]

އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
Raajje

އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރ އަދި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބުދު ﷲ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅުން މާލޭ ސިޓީގައި މިއަދު ހަވީރު އިހުތިޖާޖު ފަށާފައިވަނިކޮށެވެ. އެ އިހުތިޖާޖުގައި ބައިވެރިވާ، އިދިކޮޅު ކޯލިޝަންގެ ޕީޕީއެމް ތަމްސީލް ކުރަށްވާ ކައުންސިލް މެންބަރަކު ”ތިލަދުން”އަށް ވިދާޅުވީ، އަދުރޭ ހައްޔަރުކުރީ އެކޯލިޝަންގެ ބައެއް ޕާލަމެންޓް މެންބަރުންނާއި، އިސްވެރިންނާއެކު ހިންގަވާފައި ބްރިޖާއި ދިމާއަށް ވަޑައިގަން...

ސާބިތުވެ މިތިބީ އިންސާފް ހޯދަން: މުޙައްމަދު
Raajje

ސާބިތުވެ މިތިބީ އިންސާފް ހޯދަން: މުޙައްމަދު

އިސްލާމް ދީނާއި، ގާނޫނުގެ ތަރަހައިގެ ތެރެއިން، އިންސާފް ހޯދަން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން އިދިކޮޅު ކޯލިޝަން އޮތީ ސާބިތުކަންމަތީ ކަމަށް ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި އެންމެ އިސްކޮށް މަސައްކަތްކަތް ކުރަށްވާ، އެއް މޫނު ކަމުގައިވާ މުޙައްމަދު މިހެން ވިދާޅުވީ ރޭ ފަތިހު ކުރެއްވި ޓްވީޓެއްގަ އެވެ. އިދިކޮޅު ކޯލިޝަނުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ފަށައި، ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށްފައިވާ މި ދަނޑ...

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން ވަކި ފޮއްޓަކަށް ރީ-ރެޖިސްޓަރ ވުމަށް ދަނީ މަޖުބޫރު ކުރަމުން: އިދިކޮޅު
Raajje

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން ވަކި ފޮއްޓަކަށް ރީ-ރެޖިސްޓަރ ވުމަށް ދަނީ މަޖުބޫރު ކުރަމުން: އިދިކޮޅު

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން، އެ މަރުކަޒުގައި ބަހައްޓާ ވޯޓު ފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރަން މަޖުބޫރު ކުރަމުންދާ ކަމަށް އިދިކޮޅު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ. އެ ކޯލިޝަނުން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ލޯކަލް ކައުންސިލް އިންތިޚާބަށް ވޯޓުލުމަށް ބަހައްޓާ ވޯޓުފޮށްޓަށް ވޯޓު ލުމަށް ރީ-ރެޖިސްޓަރ ކުރުމަށް އ...

އިދިކޮޅު މުޒާހަރާއިން 31 މީހަކު ހައްޔަރުކޮށްފި
Raajje

އިދިކޮޅު މުޒާހަރާއިން 31 މީހަކު ހައްޔަރުކޮށްފި

މާލޭ ސިޓީގެ މާލޭގައި އިދިކޮޅު ކޯލިޝަނުން މިއަދު ކުރަމުންދާ މުޒާހަރާގެ ތެރެއިން މިހާތަަނަށް 31 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަނީ އިދިކޮޅު މުޒާހަރާގެ ތެރެއިން31 މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށެވެ. އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައިޕާޓީގެ ކައުންސިލް މެންބަރަކު މުޒާހަރާތެރޭ ހުރެ ވިދާޅުވީ، އެ ކޯލިޝަނުން ހަވީރު ފެށި މުޒާހަރާގެ ތެރެއިން ގިނަ ބަޔަކު ހައްޔަރު ކުރަމުންދާ ކަމަށެވެ. ”އެކިވަރުގެ އަނިޔާތައް ވެސް ލިބުނު، އެކަމަކު މާ...

5 އަހަރުވަންދެން މި ސަރުކާރު އޮންނާނެ ކަމެއް ނޭނގޭ: ޝިޔާމް
Raajje

5 އަހަރުވަންދެން މި ސަރުކާރު އޮންނާނެ ކަމެއް ނޭނގޭ: ޝިޔާމް

5 އަހަރުވަންދެން މި ސަރުކާރު އޮންނާނެކަން އެނގިވަޑައި ނުގަންނަވާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އިދިކޮޅު ކޯލިޝަންގެ މައިޕާޓީ، ޕީޕީއެމްގެ ނައިބުރައީސްކަން ވެސް ކުރަށްވާ ޝިޔާމް މިހެން ވިދާޅުވީ، އިދިކޮޅުން މިއަދު މާލޭ ސިޓީގައި ކުރާ އިހުތިޖާޖުގެ ތެރެއިން ”ޗެނަލް13” އަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަ ދައްކަވަމުންނެވެ. ޝިޔާމް ވިދާޅުވީ، އެ ކޯލިޝަނުން ކުރަމުންދާ މަސައްކަތަކީ ހުޅުމާލޭގައި ތަރައްގީ ކުރި ހިޔާ މަޝްރޫޢުގެ ފްލެޓްތައް ލިބުނު މީހުންތެރެއިން އެތައް ބަޔެއްގ...

އަދުރޭއާއި ޣައްސާން ވެސް ހައްޔަރުކޮށްފި
Raajje

އަދުރޭއާއި ޣައްސާން ވެސް ހައްޔަރުކޮށްފި

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ވަގުތީ ލީޑަރު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ހައްޔަރުކޮށްފި އެވެ. އެ ދެ ބޭފުޅުން ވެސް ހައްޔަރުކޮށްފައިވަނީ މިހާރު އިދިކޮޅު ކޯލިޝަން މާލޭ ސިޓީގައި ކުރަމުންދާ ”ކޮބާ މަގޭ ފްލެޓް” މުޒާހަރާގެ ތެރެއިންނެވެ. އެ މުޒާހަރާ ފަށަން ތައްޔާރުވެފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވެސް […]

ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް
Parliament

ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް

ދިވެހި ކަނޑުތަކުގެ ވަތުބަތާނަ އެހެން ބަޔަކަށް ދެއްކުމަކީ އަމިއްލައަށް އޮރިޔާންވުން ފަދަ ކަމެއް ކަމަށް އިދިކޮޅުން ބުނެފިއެވެ. އިދިކޮޅުން މިހެން ބުނީ މިމަހުގެ 4 ވަނަ ދުވަހު ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލިސްއަށް އިއްވި ރިޔާސީ ބަޔާނަށް މިއަދު މަޖިލިސްގައި، މަޖިލީހުގެ މައިނޯރިޓީންގެ ހައިސިއްޔަތުން ޖަވާބު ދެމުންނެވެ. ރިޔާސީ ބަޔާނަަށް ޖަވާބު ދެއްވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަދި ޕީޕީއެމް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމ...

އިދިކޮޅުން އަންނަ ހުކުރު ދުވަހުވެސް މުޒާހަރާ ކުރަނީ
Raajje

އިދިކޮޅުން އަންނަ ހުކުރު ދުވަހުވެސް މުޒާހަރާ ކުރަނީ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހުކުރު ދުވަހުވެސް މުޒާހަރާ ކުރާނެ ކަމަށް ބުނެފި އެވެ. އިދިކޮޅު ކޯލިޝަނުންގެ މުޒާ ހަރާ އަންނަ ހުކުރު ދުވެސް އޮންނާނެ ކަމަށް ޢިއުލާން ކުރީ އެ ކޯލިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި، އިދިކޮޅު ކޯލިޝަންގެ ހަރަކާތްތައް އިންތިޒާމުކުރާ ކޮމެޓީގެ ޗެއާ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ ފުލުހުންގެ އިންޒާރަށް ބަލައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ޒިންމާއަކީ […]

ލަޠީފް ދޫކޮށްލައިފި
Raajje

ލަޠީފް ދޫކޮށްލައިފި

ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަޠީފް މުޙައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ދޫކޮށްލައިފިއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދިޔަ އިހްތިޖާޖުގެ ތެރެއިން މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ. ފުލުހުންގެ ބަންދުން އޭނާ ދޫކޮށްލީ މިރޭ 22:30 ހާއިރު އެވެ. އިދިކޮޅުން މާލޭ ސިޓީގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންދާއިރު، ކޯވިޑްގެ ތިންވަނަ ރާޅާއެކު ސަރުކާރުން ވަނީ މާލޭ ސަރަޙައްދުގެ ފިޔަވަޅުތައް ބޮޑުތަނުން ވަރުގަދަ ކޮށްފަ އެވެ. އަދި ރާއ...