ރައީސް ޔާމީންގެ ބޮޑު ތިލަދުންމަތީ ދަތުރުފުޅު ފަސްކުރައްވައިފި
ކުރީގެ ރައީސް އަދި އިދިކޮޅު އެންމެބޮޑު ޕާޓީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތިލަދުންމައްޗަށް ކުރައްވަން ނިންމަވާފައިވާ ދަތުރުފުޅު ފަސްކުރައްވައިފި އެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ މޫސުން ގޯސްވެ ވައިގަދަވުމާއި ކަނޑުގަދަވުމުގެ ސަބަބުން ރައީސް ޔާމީން ހއ. ގެ 5 ރަށަކަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފަސްކުރެވިފައިވާ ކަމަށެވެ. އަދި މޫސުން ރަނގަޅުނަމަ އަންނަ ހޮނިހިރު ދުވަހު ދަތުރުފުޅު ކުރައްވުމަށް ހަމަޖެހިފައިވާ ކަމަށެ...