ޕެންޝަން އޮފީހުގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކޮށްފި
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް) ގެ ބޯޑަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. އެއީ ޕެންޝަން އޮފީހުގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުންގެ ގޮތުގައި އައްޔަންކުރެއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންނަކީ، މޯޓެޒާ ކެޕިޓަލްގެ މެނޭޖިންގ ޑައިރެކްޓަރު ޣާލީ މުރުތަޟާ އާއި އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިންގ ޕާރޓްނަރ އަބްދުލް މަޖީދު އަލީ އެވެ. ޣާލީ މުރުތަޟާ އަކީ ހޮސްޕިޓަލިޓީ އަދި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓްގެ ދާއިރާގައި 15 އަހަރަށް ވުރެ ދިގު […]