ރޯދަ މަހު ކަރަންޓާއި ފެން އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން ބިލު ކުރަން އަންގައިފި
މި ރަމަޟާން މަހު ކަރަންޓާއި ފެން ބިލްކުރާނީ އާދައިގެ މަހެއްގެ އެވްރެޖަށް ބަލައިގެން ކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އަންގައިފިއެވެ. ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނީ ރޯދަމަހުގައި ޑޮމެސްޓިކް ކަރަންޓާއި ފެނުގެ ބިލަށް ރައްޔިތުން ބޮޑު ހޭދައެއްކުރަން ޖެހޭތީ، އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އާންމު މަހެއްގައި އަރާ ވަރަށް ކަރަންޓާއި ފެނުގެ ބިލް ތައްޔާރުކުރަން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އާންމު މަހެއްގައި ކަރަންޓާއި ފެނަށް ހޭދަކުރި އެވްރެޖު އަދަދު ބަލާފައި ވާނީ މިދިޔަ އަހަރުގެ ރޯދަމަހ...