Skip to main content
Topic Archive

#ޔޫރޯ 2020

37 Stories filed
ޔޫރޯ 2020: އިޓަލީގެ ފަހަތުން ވޭލްސް ވެސް ދެވަނަ ބުރަށް
Sports

ޔޫރޯ 2020: އިޓަލީގެ ފަހަތުން ވޭލްސް ވެސް ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގެ ފަހު މެޗުތައް އާދީއްތަ ދުވަހުގެ ރޭ ކުޅެފައިވާއިރު މި ގްރޫޕުން އިޓަލީއާއި ވޭލްސް ދެވަނަ ބުރުން ޖާގަ ކަށަވަރު ކޮށްފިއެވެ. މި ގްރޫޕްގެ ފަހު މެޗުތަކުގައި އިޓަލީއާއި ވޭލްސް ވާދަކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއިން އިޓަލީ މޮޅުވެގެންނެވެ. މި މޮޅާއިއެކު އިޓަލީއަށް މި ގްރޫޕްގެ އެއްވަނަ ނުވަ ޕޮއިންޓާއިއެކު ލިބިފައިވަނީ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ތިން މެޗުވެސް ކާމިޔާބު ކުރުމާއި އެކުއެވެ. […]

ޔޫރޯ 2020: ޕޮލެންޑް އަތުން އެއްވަރުވެ ސްޕެއިނަށް ނުތަނަވަސްކަން
Sports

ޔޫރޯ 2020: ޕޮލެންޑް އަތުން އެއްވަރުވެ ސްޕެއިނަށް ނުތަނަވަސްކަން

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްޕެއިންއާއި ޕޮލެންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މި މެޗުން އެއްވަރު ވުމުން ސްޕެއިން މި މުބާރާތުގައި ކުޅުނު ދެ މެޗުވެސް މި ވަނީ އެއްވަރު ވެފައެވެ. ހޮނހިރު ދުވަހުގެ ރޭ ޕޮލެންޑާއި ސްޕެއިން ބައްދަލުކުރި މެޗު ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. ސްޕެއިންގެ ސެވިއްޔާގެ އެސްޓާޑިއޯ ލަ ކަރްތޫޒާ ސްޓޭޑިއަމުގައި ކުޅުނު މި މެޗުގައި ސްޕެއިނުން ވަނީ އެހެން މެޗުތަކުގައި ވެސް […]

ޔުރޯ 2020: ޕޯޗުގަލް ބަލިކޮށް ޖަރުމަނު ފުރަތަމަ މޮޅު
Sports

ޔުރޯ 2020: ޕޯޗުގަލް ބަލިކޮށް ޖަރުމަނު ފުރަތަމަ މޮޅު

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް ޖަރުމަނުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ. މި މެޗުން ޖަރުމަނު މޮޅުވެފައިވަނީ 4-2 ގެ ނަތީޖާއަކުނެނެވެ. ޖަރުމަނުގެ އެލިއެންޒް އެރީނާގައި ހޮނހިރު ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ޖަރުމަނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ޕޯޗުގަލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރަށް އާދައިގެ ކުޅުމެކެވެ. މެޗު ފެށިގެން ވެސް ޖަރުމަނުން ދިޔައީ ޕޯޗުގަލްގެ ގޯލަށް ނުރައްކާ […]

ޔޫރޯ 2020: ހަންގޭރީން ފުރާންސް ހިފަހައްޓައިފި
Sports

ޔޫރޯ 2020: ހަންގޭރީން ފުރާންސް ހިފަހައްޓައިފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ދުނިޔޭގެ ޗެމްޕިއަން ފުރާންސާއި ހަންގޭރީ ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހަންގޭރީގެ ފްރެންކް ޕުސްކަސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމިފައި ވަނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރު ވެގެންނެވެ. މި ގްރޫޕްގައި ފްރާންސް ވަނީ އެ ޓީމް ކުޅުނު ފުރަތަމަ މެޗުގައި ޖަރުމަނު ބަލިކޮށް ތިން ޕޮއިންޓް ހޯދާފައެވެ. ވުމާއެކު މިރޭ މެޗުން މޮޅުވެގެން މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އެ […]

ޔޫރޯ 2020: ސްކޮޓްލެންޑުން ވަރުގަދަ އިންގްލެންޑް މޮޅުވިޔަނުދީ ހިފަހައްޓައިފި
Sports

ޔޫރޯ 2020: ސްކޮޓްލެންޑުން ވަރުގަދަ އިންގްލެންޑް މޮޅުވިޔަނުދީ ހިފަހައްޓައިފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި އިންގްލެންޑާއި ސްކޮޓްލެންޑް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗު ނިމިގެން ގޮސްފައިވަނީ ދެ ޓީމުންކުރެ އެއްޓީމަކަށް ވެސް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. މި މެޗު ކާމިޔާބު ކޮށްގެން ދެވަނަ ބުރުން ޖާގަ ހޯދުމުގެ ފުރުޞަތު އިންގްލެންޑަށް އޮތް ނަމަވެސް މި މެޗު އެއްވަރުވުމާއި ގުޅިގެން މި ގްރޫޕުގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މި ގްރޫޕުގެ އެއްވަނާގައި ހަތަރު ޕޮއިންޓް ހޯދައިގެން ޗެކްރިޕަބްލިކް […]

ޔޫރޯ 2020: ކްރޮއޭޝިއާއާއި ޗެކްރިޕަބްލިކް މެޗަށް ހަމަހަމަ ނިމުމެއް
Sports

ޔޫރޯ 2020: ކްރޮއޭޝިއާއާއި ޗެކްރިޕަބްލިކް މެޗަށް ހަމަހަމަ ނިމުމެއް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ޑީގައި ހުކުރު ދުވަހުގެ ރޭ ކްރޮއޭޝިއާއާއި ޗެކްރިޕަބްލިކް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. މި މެޗު އެއްވަރު ވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ގްލާސްގޯގެ ހެމްޕްޑެން ޕާރކްގައި ކުޅުނު މި މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހާފައި ވަނީ ޗެކްރިޕަބްލިކުންނެވެ. މި ލަނޑަކީ މެޗުގެ 37 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމްގެ […]

ޔޫރޯ 2020: ސްލޮވާކިއާ ބަލިކޮށް ސްވިޑަން ފުރަތަމަ މޮޅު
Sports

ޔޫރޯ 2020: ސްލޮވާކިއާ ބަލިކޮށް ސްވިޑަން ފުރަތަމަ މޮޅު

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްވިޑަންއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ސްވިޑަން ކާމިޔާބު ކޮށްފިއެވެ. މި މެޗު ސްވިޑަން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއިންނެވެ. ސެއިންޓް ފީޓަސްބާގްގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމްގައި ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ސްލޮވާކިއާއިންނެވެ. ނަމަވެސް އެ ޓީމަށްޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ސްވިޑަންއާއި ސްލޮވާކިއާ ބައްދަލުކުރި މެޗު ސްވިޑަން ކާމިޔާބު ކޮށްފިއެވެ. މި މެޗު ސްވިޑަން ކާމިޔާބު […...

ޔޫރޯ 2020: ނެދަލެންޑްސް ދެވަނަ ބުރަށް
Sports

ޔޫރޯ 2020: ނެދަލެންޑްސް ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ނެދަލެންޑްސްއާއި އޮސްޓްރިއާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ނެދަލެންޑްސް ޖާގަ ހޯދައިފިއެވެ. މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. އެމްސްޓެޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މި މެޗުގައި ނެދަލެންޑްސްގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގެ ދިވަހަވަނަ މިނެޓުގައި އޮސްޓްރިއާގެ ކެޕްޓަން ޑޭވިޑް އަލާބާ އެ ޓީމްގެ އޭރިއާގެ ތެރެއިން ނެދަލެންޑްސްގެ ޑަމްފުރައިސް […...

ޔޫރޯ 2020: ބެލްޖިއަމް ދެވަނަ ބުރަށް
Sports

ޔޫރޯ 2020: ބެލްޖިއަމް ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ބެލްޖިއަމްއާއި ޑެންމާކް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން ބެލްޖިއަމް ޖާގަ ހޯދައިފިއެވެ. މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ ޑެންމާކުން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެންނެވެ. ޑެންމާކްގެ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ދެވަނަ މިނެޓުގައި ބްލްޖިއަމްގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާނަގައި ޑެންމާކުން ވަނީ ލަނޑުޖަހައި ލީޑުނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު […]

ޔޫރޯ 2020: މެސެޑޯނިއާ އަތުން މޮޅުވެ ޔުކްރެއިން ދެވަނަ ބުރުގެ އުންމީދުގައި
Sports

ޔޫރޯ 2020: މެސެޑޯނިއާ އަތުން މޮޅުވެ ޔުކްރެއިން ދެވަނަ ބުރުގެ އުންމީދުގައި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސީގައި ނޯތު މެސެޑޯނިއާއާއި ޔުކްރެއިން ބައްދަލުކުރި މެޗު ޔުކްރެއިނުން ކާމިޔާބުކޮށް ދެވަނަ ބުރަށް ދިއުމުގެ އުންމީދު ދަމަހައްޓައިފިއެވެ. ރޮމޭނިއާގެ ނެޝަނަލް އެރީނާ ސްޓޭޑިއަމްގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗު ޔުކްރެއިން ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުކްރެއިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން މެސެޑޯނިއާގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ވެސް ވަނީ ފޮނުވާލާފައެވެ. މެޗުގެ އަށް ވަނަ މިނެޓުގައި […]

ޔޫރޯ 2020: ސްވިޒަލޭންޑް ބަލިކޮށް އިޓަލީ ދެވަނަ ބުރަށް
Sports

ޔޫރޯ 2020: ސްވިޒަލޭންޑް ބަލިކޮށް އިޓަލީ ދެވަނަ ބުރަށް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި ބުދަ ދުވަހުގެ ރޭ އިޓަލީއާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް މުބާރާތުގެ ދެވަނަ ބުރުން އިޓަލީ ޖާގަ ހޯދައިފިއެވެ. މި މެޗު އިޓަލީ ކާމިޔާބު ކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ އިޓަލީގެ ރޯމުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން ވަނީ ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. މި މެޗުގައި އެ ޓީމުން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނީ މެޗުގެ 26 ވަނަ މިނެޓުގައެވެ. […]

ޔޫރޯ 2020: ތުރުކީ ބަލިކޮށް ވޭލްސް ފުރުސަތު ބޮޑުކޮށްފި
Sports

ޔޫރޯ 2020: ތުރުކީ ބަލިކޮށް ވޭލްސް ފުރުސަތު ބޮޑުކޮށްފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭ ގައި ބުދަދުވަހުގެ ރޭ ވޭލްސްއާއި ތުރުކީ ބައްދަލުކުރި މެޗު ވޭލްސްއިން ކާމިޔާބުކޮށް އެ ޓީމުން ދެވަނަ ބުރަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. އަޒަރުބައިޖާންގެ ކެޕިޓަލް ސިޓީގައި ހުންނަ ބަކޫ އޮލިމްޕިކް ސްޓޭޑިއަމްގައި 30000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗު ވޭލްސްއިން ކާމިޔާބު ކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވޭލްސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މި މެޗުގައި އެ ޓީމްގެ ކެޕްޓަން ގެރެތު […]

ޔޫރޯ 2020: ފިންލޭންޑް ބަލިކޮށް ރަޝިއާއަށް ފުރަތަމަ މޮޅު
Sports

ޔޫރޯ 2020: ފިންލޭންޑް ބަލިކޮށް ރަޝިއާއަށް ފުރަތަމަ މޮޅު

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި ފިންލޭންޑްގެ މައްޗަށް ކުރިހޯދައި ރަޝިއާއިން މުބާރާތުގައި ފުރަތަމަ މޮޅު ހޯދައިފިއެވެ. ސެއިންޓް ފީޓަސްބާގްގެ ކްރެސްޓޮވްސްކީ ސްޓޭޑިއަމް ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ރަޝިއާއިން ކާމިޔާބު ކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމްގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ ވަރަށް ކުރީކޮޅު ފިންލެންޑުން ވަނީ ރަޝިއާކޮޅަށް ލަނޑެއް ވެސް ޖަހާފައެވެ. ނަމަވެސް ވީއޭއާރުން ބެލުމަށް ފަހު އެ ލަނޑު އޮފްސައިޑް […]

ޔުރޯ 2020: ޖަރުމަނު އަތުން ފުރާންސަށް ހަނި މޮޅެއް
Sports

ޔުރޯ 2020: ޖަރުމަނު އަތުން ފުރާންސަށް ހަނި މޮޅެއް

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގެ ދެވަނަ މެޗުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސާއި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުގައިވާ ޖަރުމަނު ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ފުރާންސުން ކާމިޔާބު ކޮށްފިއެވެ. ޖަރުމަނުގެ މިޔުނިކްގައި ހުންނަ އެލިއާންޒް އެރީނާ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ފުރަތަމަ ހާފުގައި ފްރާންސްގެ މިޑްފީލްޑަރ ޕޮގްބާ ޖަރުމަނުގެ އޭރިއާތެރޭ ހުހަށްހުރެ ބޮލުން ފޮނުވާލި ހަމަލާ […]

ޔޫރޯ 2020: ސްވިޑަންއިން ސްޕެއިން މޮޅުވިޔަނުދީ ހިފަހައްޓައިފި
Sports

ޔޫރޯ 2020: ސްވިޑަންއިން ސްޕެއިން މޮޅުވިޔަނުދީ ހިފަހައްޓައިފި

ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އީގައި ހޯމަ ދުވަހުގެ ރޭ ސްޕެއިންއާއި ސްވިޑަން ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ސްޕެއިންގައި ކުޅުނު މި މެޗުގައި އެ ޓީމުން 85 އިންސައްތަ ބޯލް ޕޮޒިޝަން ހިއްސާކުރި ނަމަވެސް މެޗު ނިމިގެން ގޮސްފައިވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މެޗުގައި ސްޕެއިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސް ސްވިޑަންގެ ގޯލަށް ބާރު ބޮޑުކޮށްފައެވެ. ލަނޑު […]