ގަތަރު ވޯލްޑް ކަޕްގެ އޮފިޝަލް ބޯޅަ ރާއްޖޭގެ ދެ މިނިސްޓްރީއަކަށް ހަދިޔާކޮށްފި
ގަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ އޮފިޝަލް ބޯޅަ ރާއްޖޭގެ ދެ މިނިސްޓްރީއަކަށް ހަދިޔާ ކޮށްފިއެވެ. މިދިޔަ ހަފުތާގައި ވަކިބަކިން ބޭއްވި ކުޑަ ހަފުލާއެއްގައި މި ބޯޅަ ހަދިޔާ ކުރައްވާފައިވަނީ ޔޫތް މިނިސްޓްރީއަށާއި ޓޫރިޒަމް މިނިސްޓްރީ އަށެވެ. ރާއްޖޭގައި ހުންނަ ގަތަރު އެއަރވޭސް އޮފީހުގެ ސޭލްސް އެންޑް މާކެޓިންގެ ފަރާތުން ހަދިޔާ ކުރި ބޯޅަ އާ ޔޫތް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، މިނިސްޓަރ އަހްމަދު މަހްލޫފް އެވެ. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މި...