މުދައްރިސުންނަށް ބަތަލުންގެ ދަރަޖަ ދޭންޖެހޭ: މުދައްރިސުންގެ ޖަމިއްޔާ
ދިވެހި ގައުމީ ބަތަލުންގެ ދަރަޖަ ޓީޗަރުންނަށް އަރުވަންޖެހޭ ކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ވިދާޅުވެއްޖެ އެވެ. އެޖަމިއްޔާ އިން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަހުގެ މުނާސަބަތުގައި ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އުނގަންނައިދިނުމުގައި ޓީޗަރުން ކުރައްވާ ބުރަ މަސައްކަތަކީ އަގު ނުކުރެވޭފަދަ އިޚްލާސްތެރި މަސައްކަތެއް ކަމަށެވެ. ޚާއްސަކޮށް ކޮވިޑް-19 ގެ ފުރަބަންދާއި ގުޅިގެން ގައުމު ބިނާކުރުމަށް ޓީޗަރުން ދެއްކެވި ނަމޫނާއަކީ އަދި ވެލެއް...