Skip to main content
Topic Archive

#ޓީމް

10 Stories filed
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ފާސްކޮށްފި
Raajje

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު ފާސްކޮށްފި

އިންޑަސްޓްރިއަލް ރިލޭޝަންސް ބިލު މިއަދު މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިންޑަސްޓްރިއަލް ރިލޭޝަންސްއާބެހޭ ބިލު، އިޤްތިޞާދީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ވޯޓަށް އަހައިފައެވެ. މި ބިލު ފާސްކުރުމަށް ތަޅުމުގައި ނެގުނު ވޯޓުގައި އެ ވަގުތު މަޖިލީހުގެ ތަޅުމުގައި ތިއްބެވި 68 މެމްބަރުން ވެސް ވަނީ ބިލު ފާސްކުރައް ވޯޓު ދެއްވާފައެވެ. މި ބިލަކީ މަސައްކަތްތެރިންގެ ޖަމިއްޔާތައް އުފެއްދުމާއި އެފަދަ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ކަށަވަރުކޮށް...

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ޖަމިއްޔާގެ ތާއީދު ރައީސް ޞާލިޙަށް!
Raajje

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރިންގެ ޖަމިއްޔާގެ ތާއީދު ރައީސް ޞާލިޙަށް!

ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ތާއީދު ކުރަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހަށް ކަމަށް ހާމަކޮށްފިއެވެ. ޓީމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މީގެ ކުރިން އެއްވެސް ސަރުކާރެއްގައި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ހައްގުތައް ހޯދައިދިނުމަށް މަސައްކަތް ކޮށްދީފައި ނުވާ މިންވަރަށް ރައީސް ސާލިހުގެ ސަރުކާރުން ވަނީ މަސައްކަތް ކޮށްދީފައި ކަމަށެވެ. އެގޮތުން ރައީސް ސޯލިހު ވަނީ އައިއެލްއޯ އަދި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ...

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް އޮތް 50 އަހަރު ރައްޔިތުންޓަކައި ހިންގައިދިނުމަށް ޓީމްއިން ގޮވާލައިފި
Business

ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށް އޮތް 50 އަހަރު ރައްޔިތުންޓަކައި ހިންގައިދިނުމަށް ޓީމްއިން ގޮވާލައިފި

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު އަންނަން އޮތް 50 އަހަަރު ޒިންމާދާރު، ދެމެހެއްޓެނިވި، އެންމެންގެ ލާބައާއި މަންފާއަށް ހިންގޭ 50 އަހަރުގެ ގޮތުގައި ހެދުމަށް ޓޫރިޒަމް އެމްޕްލޯއީ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ގޮވާލައިފި އެވެ. ގައުމީ ފަތުރުވެރިކަމުގެ ތަހުނިޔާ ކިޔުމަށް ނެރުނު ބަޔާނުގައި ބުނެފައިވަނީ ނިމިދިޔަ 50 އަހަރު މި ސިނާއަތް ދެމިއޮތީ ރިސޯޓު އޯނަރުން ނުވަތަ ވިޔަފާރިވެރިންނަށްޓަކައި ކަމަށެވެ. އެހެންކަމުން އަންނާން އޮތް 50 އަހަރު ޚާއްސަކޮށް މިގައުމުގެ ރައްޔިތުންނަށްޓަކައި ހިންގުމަށް ވަނީ...

ޓީމްއާއި، ޕީއައިއެލްސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
Raajje

ޓީމްއާއި، ޕީއައިއެލްސީ އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހައްގުތައް ހޯދައި ދިނުމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)އިން ކުރާ މަސައްކަތަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އެ ޖަމިއްޔާއާއި ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ)އާއި ދެމެދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޓީމްއިން ބުނީ މި އެއްބަސްވުމަކީ މަސައްކަތްތެރިންގެ ހައްގުތަށް ހޯދުމުގައި ދިމާވާ އެކިއެކި މައްސަލަތަކުގައި މަސައްކަތްތެރިންނަށް ޤާނޫނީ ލަފަޔާއި އެހީފޯރުކޮށްދިނުމުގ...

ވަޒީފާއިން ވަކިކުރުމުން ހައްގު ހޯދަން ދިޔުމުން ރިސޯޓްތަކުން ދަނީ އޮޅުވާލަމުން: ޓީމް
Raajje

ވަޒީފާއިން ވަކިކުރުމުން ހައްގު ހޯދަން ދިޔުމުން ރިސޯޓްތަކުން ދަނީ އޮޅުވާލަމުން: ޓީމް

ވަޒީފާއާއިބެހޭ ގާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އެތަށް މުވައްޒަފުންނެއް ވަނީ ރިސޯޓްތަކުން ވަޒީފާއިން ވަކިކޮށްފައި ކަމަށާއި، އެ މުވައްޒަފުންގެ ހައްގު ހޯދަން ޓުރައިބިއުނަލްއަށް ދިޔުމުން ރިސޯޓުތަކުން ދަނީ އޮޅުވާލަމުން ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ. ވަޒީފާއާއިބެހޭ ގާނޫނަށް ގެނެވުނު އިސްލާހްތަކުގެ ތެރެއިން އެ ގާނޫނުގެ 21 ވަނަ މާއްދާއިން މުވައްޒަފުންގެ ހައްގުތައް ގެއްލޭކަމަށް މަސައްކަތްތެރީންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުން އަންނަނީ ކެނޑިނޭޅި...

ޓީމްގެ ރައްދު މިނިސްޓަރަށް: "ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފަ"
Raajje

ޓީމްގެ ރައްދު މިނިސްޓަރަށް: "ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފަ"

ވަޒީފާގެ ރައްކާތެރިކަމާއި އިންސާފު ލިބުން ވަނީ ގެއްލިފައި ކަމަށް، ޓުރިޒަމް އެމްޕްލޯއިމެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ. ޓީމްއިން މިހެން ބުނީ ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވިކަމަށް އޮންލައިން ނޫހެއްގައި ގެނެސްދީފައިވާ ޚަބަރެއްގެ ސުރުޚީ ހިމަނައި ކުރި ޓްވީޓެއްގަ އެވެ. އެ ސުރުޚީގައި ބުނެފައި ވަނީ ”ޓޫރިޒަމް ރަނގަޅުވެ ގެއްލުނު ވަޒީފާތައް ލިބިއްޖެ، އިތުރު 9،000 ވަޒީފާގެ ފުރުސަތު މިއަހަރު ތެރޭގައި” މިހެންނެވެ. އެ ނޫހުގެ މިޚަބަރާއި ގުޅިގެން ޓީމް އިން ކޮށްފައިވާ ޓުވީޓެއްގައި...

އެޗްއައިއެޗްއިން ދިވެހިންނާމެދު އަމަލުކުރަނީ އިހާނެތިކޮށް: ޓީމް
Raajje

އެޗްއައިއެޗްއިން ދިވެހިންނާމެދު އަމަލުކުރަނީ އިހާނެތިކޮށް: ޓީމް

ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) އިން އެ ހޮޓެލްގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންނާމެދު ތަފާތުކުރުން ގެންގުޅެ، އަމަލު ކުރަމުން ދަނީ އިހާނެތިކޮށް ކަމަށް ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފިއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރީންގެ ހައްގުގައި މަސައްކަތްކޮށް ވަކާލާތުކުރާ ޖަމިއްޔާ، ޓީމްއިން ބުނީ ސަރުކާރުގެ ބޮޑު ހިއްސާއެއް އޮންނަ ހުޅުލޭ އައިލެންޑު ހޮޓަލުން ކޯވިޑާއި ގުޅިގެން އެތަށްމުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެ...

ޖަލުތަކުގައި އެކަހެރި ބައްދަލުވުން ލިބޭ، ރިސޯޓް މުވައްޒަފުންވަނީ މިހައްޤުން މަހްރޫމު ކޮށްފަ: ޓީމް
Thiladhunmathi News

ޖަލުތަކުގައި އެކަހެރި ބައްދަލުވުން ލިބޭ، ރިސޯޓް މުވައްޒަފުންވަނީ މިހައްޤުން މަހްރޫމު ކޮށްފަ: ޓީމް

ޖަލުތަކުގައިވެސް އަނބި ފިރިންނާއި އެކު އެކަހެރި ބައްދަލުވުން ލިބޭކަމަށާއި ރިސޯޓް މުވައްޒަފުންވަނީ މިހައްޤުން މަހްރޫމު ކޮށްފައިކަމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ. ޓީމް އިން މިހެން ބުނެފައިވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެޖަމިއްޔާގެ މެންބަރުންގެ ކަންބޮޑުވުން ހިއްސާކުރުމަށް މިއަދު ނެރުނު ބަޔާނެއްގަ އެވެ. ޓީމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ރިސޯޓް ތަކުގައި އެތައް މަސްތަކެއް ވަންދެން އާއިލާއާއި އަނބިދަރިންނާއި ދުރުގައި ގައުމަށް...

''މިއަދު އާދަން ނަސީރުބެ، މާދަމާ ކާކުބާ؟'' އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅުއަޅާ: ޓީމް
Report

''މިއަދު އާދަން ނަސީރުބެ، މާދަމާ ކާކުބާ؟'' އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅުއަޅާ: ޓީމް

ކަނޑިންމަ ރިސޯޓުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ކޯވިޑް ބަލީގައި ނިޔާވެފައިވާ، މަރްޙޫމް އާދަމް ނަސީރާއިމެދު އިހުމާލުވި ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ގޮވައިލާ ފަށާފައިވާ ކެމްޕެއިންގެ އަޑު ނުކެނޑެއެވެ. މަރުޙޫމް އާދަމް ނަސީރަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ ފަރާތްތަކުން ދަނީ އަދިވެސް އެކަމަށް ގޮވައިލަމުންނެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ޖަމިއްޔާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން (ޓީމް) އިން މިއަދު ޓުވީޓާގައި އާންމުކުރި މެސެޖާއިއެކު، އިތުރަށް މިވަނީ މި ކެމްޕެއިންގެ...

ފަތުރުވެރި ކަމުގެ ދާއިރާގެ މަސައްކަތް ތެރީންގެ ސިއްހީ، އިޤްތިޞާދީ ރައްކާތެރި ކަމަށްވުރެ އެހެން ކަމެއް އިސްނުކުރަން ގޮވާލައިފި
Raajje

ފަތުރުވެރި ކަމުގެ ދާއިރާގެ މަސައްކަތް ތެރީންގެ ސިއްހީ، އިޤްތިޞާދީ ރައްކާތެރި ކަމަށްވުރެ އެހެން ކަމެއް އިސްނުކުރަން ގޮވާލައިފި

ޓޫރިޒަމް ސިނާއަތް އަލުން ފައްޓާއިރު އެ ސިނާއަތުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ ސިއްޙީ ސަލާމަތާއި ރައްކާތެރިކަމާއި، އިޤުތިސާދީ ރައްކާތެރިކަމަށްވުރެ މުހިންމު އެހެންކަމެއް އިސްނުކުރުމަށް ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( ޓީމް) އިން ސަރުކާރަށް ގޮވާލައިފިއެވެ. ޓީމް އިން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޯވިޑް-19 އާއި ގުޅިގެން ހުއްޓިފައިވާ ޓޫރިޒަމް ސިނާއަތް އަލުން ހުޅުވުމުގައި އެ ސިނާޢަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި އަދ...