"މާލެ ޓެކްސީ" އެޕްލިކޭޝަން އެންޑްރޮއިޑް ފޯނުތަކަށް ވެސް ތަޢާރަފްކޮށްފި
އެމްޓީސީސީން ފޯރުކޮށްދޭ “މާލެ ޓެކްސީ ލައިން” ޚިދުމަތުގެ އެޕްލިކޭޝަން ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ. މިއާއެކު އެންޑްރޮއިޑް ފޯނު ބޭނުންކުރާ ފަރާތްތަކަށްވެސް މިހާރު ފަސޭހަކަމާއެކު މި ޚިދުމަތް ހޯދޭނެއެވެ. މި އެޕްލިކޭޝަން އެންމެ ފުރަތަމަ ތަޢާރަފްކޮށްފައިވަނީ ހަމައެކަނި އެޕަލްގެ އައިއޯއެސް ޑިވައިސްތަކަށެވެ. ނަމަވެސް ގިނަ ބަޔަކަށް މި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި މިހާރު ވަނީ އެންޑްރޮއިޑް ޕްލެޓްފޯމަށްވެސް މި އެޕް އާންމުކޮށްފައެވެ. އެޕްލިކޭޝ...