އެއް މިލިއަން ޓޫރިސްޓުން ރާއްޖެއަށް އަތުވެއްޖެ
ރާއްޖެއަށް މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އެއް މިލިއަން ޓޫރިސްޓުން އަތުވެއްޖެ ކަމަށް ޓޫރިޒަމް މިނިސްޓަރީއިން ހާމަކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީއިން ބުނީ މިދިޔަ ޖުލައި މަހު ރާއްޖެ އަށް 132،144 ޓޫރިސްޓުން އައި އިރު މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ އަށް ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ. މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 994،733 ޓޫރިސްޓުން ޒިޔާރަތް ކުރިއިރު މިއީ މިދިޔަ އަހަރަށް ވުރެ 17.2 ޕަސެންޓްގެ ކުރި އެރުމެކެވެ. […]