ނޮވެމްބަރު 3 ގެ ހަމަލާއަށްފަހު، ކާގޯ ބޯޓުތަކަށް 24 ގަޑިއިރު ޕޯޓު އޭރިއާއަށް ވަދެވޭ ގޮތަށް ހުޅުވާލައިފި
ރާއްޖެއިން ބޭރުން އަންނަ ކާގޯ ބޯޓުތަކަށް 24 ގަޑިއިރު ބަނދަރުތަކުގެ ޕޯޓް ލިމިޓް އޭރިއާއަށް ވަދެވޭ ގޮތަށް އަލުން ހަމަޖައްސައި، އެ ބަދަލަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ. މިއީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ހިފަހައްޓާފައި އޮތް އުސޫލެއް 38 އަހަރަށްފަހު ބަދަލުކުރި ފުރަތަމަ ފަހަރެވެ. މިހާތަނަށް އަމަލުކުރަމުން އައި އުސޫލަކީ މެންދަމު 12:00 އާއި ހެނދުނު 6:00 އާ ދެމެދު ރާއްޖެއިން […]