އުޅަނދުތަކުގެ ނަންބަރު ބޯޑު ރަނގަޅު ކުރަން ކުރު މުހުލަތެއް، އެއަށްފަހު ފިޔަވަޅު އަޅަނީ
ގަވާއިދުގައިވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަން ނިންމައިފި އެވެ. ފުލުހުން މިގޮތަށް ނިންމާފައި މިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ނެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރ އެއް ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެ...