ޖޭއެސްސީ އަށް ޝަފީޢު، އީސީ އަށް ރިފްޢަތު ޢައްޔަނުކުރަށްވައިފި
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދެ ކޮމިޝަނެއްގެ މެންބަރުކަމުގެ މަގާމަށް މިއަދު ދެ ބޭފުޅުން ޢައްޔަނުކުރަށްވައިފިއެވެ. މިގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އާއި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވަނީ އައު މެންބަރުން ޢައްޔަނުކުރައްވާފައެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބުކުރި ފަނޑިޔާރެއްގެ ހައިސިއްޔަތުން، ކ. ދިއްފުށި، ސްވީޓްމީޑް އަލްއުސްތާޛު ޙަސަން ޝަފީޢު އެވެ. އަދި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ޢައ...