ޗައިނާގެ ސިނޯފާމް ވެކްސިނަށް ޑަބްލިއުއެޗްއޯ އިން ހުއްދަދީފި
ކޯވިޑް-19 އިން ރައްކާތެރިވުމަށް ޓަކައި ހަވަނަ ވެކްސިނެއްގެ ގޮތުގައި ބޭނުންކުރުމަށް، ޗައިނާގެ ސިނޯފާމް ކޮވިޑް ވެކްސިނަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ހުއްދަދީފިއެވެ. ސިއްހަތު ޖަމިއްޔާއިން ހަފުތާއަކު ދެފަހަރު ބާއްވާ ވެބިނާއެއްގައި މައުލޫމާތުދެއްވަމުން ސެކްރެޓަރީ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރިޔެސަސް ވަނީ ސިނޯފާމް ކޯވިޑް ވެކްސިނަށް ހުއްދަދެއްވިކަން އިއުލާންކުރައްވާފަ އެވެ. މިވެކްސިންއަށް ހުއްދަ ދިނީ އިމަރޖެންސީ ހާލަތުގައި ބޭނުން ކުރުމަށެވެ. ޑަބްލިއުއެޗްއޯއިން ސިނޯފާމް ވެކްސި...