މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް
މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދަވަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މިގޮތައް ނިންމެވީ 31 ޑިސެމްބަރު 2023 ގައި އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުށަހެޅި ކަރުދާހަކާމެދު ވަޒީރުންގެ ލަފާ ހޯއްދެވުމަށްފަހުގައެވެ. ވަޒީރުންގެ މަޖިލީހުގެ އެންމެފަހުގެ ޖަލްސާއާއިގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމަށް ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަ...