Skip to main content
Topic Archive

#ޑރ.މުހައްމަދު މުޢިއްޒު

359 Stories filed
ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް އަދުރޭ
Raajje

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް އަދުރޭ

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އައްޔަން ކުރައްވައިފިއެވެ. މިއީ ވެރިކަމުގެ ބާރުތައް ބަދަލުކުރުމާ ގުޅޭ ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ކޮމެޓީއެކެވެ. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ހަމަޖެއްސެވުމާއި ގުޅިގެން މަސްއޫލިއްޔަތު ހަވާލު ކުރެއްވުމަށް ސިވިލް ސާވިސް ކޮމިޝަންގައި މިއަދު ވަނީ ާއްސަ...

ރައީސް ސާލިހު ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާ އަށް އިންތިހާބީ ރައީސްގެ ޝުކުރު
Raajje

ރައީސް ސާލިހު ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާ އަށް އިންތިހާބީ ރައީސްގެ ޝުކުރު

ރާއްޖޭގެ ރިޔާސީ އިންތިހާބު ޕީއެންސީގެ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބު ކުރެއްވުމުން މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާ އަށް އިންތިހާބީ ރައީސް ޑރ. މުއިއްޒު ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް ސާލިހަށް ފޮނުއްވެވި ސިޓީފުޅެއްގައި އިންތިހާބީ ރައީސް ވިދާޅުވެފައިވަނީ ސެޕްޓެމްބަރު 30، 2023 ގައި ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ކުރެއްވުމާއި ގުޅިގެން ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާއަށްޓަކައި ނުހަނު އިހްލާސްތެރ...

މުދައްރިސުންނަކީ ގައުމުން އަނދިރިކަން ނައްތާލާ ބައްތިތަކެއް: އިންތިހާބީ ރައީސް
Raajje

މުދައްރިސުންނަކީ ގައުމުން އަނދިރިކަން ނައްތާލާ ބައްތިތަކެއް: އިންތިހާބީ ރައީސް

މުދައްރިސުންނަކީ ގައުމުން އަނދިރިކަން ނައްތާލާ ބައްތިތަކެއް ކަމަށާއި ކަތިކަން ނައްތާލާ ރަހަފަތިތަކެއް ކަމަށް އިބްތިހާބީ ރައީސް، މާލޭ ސިޓީގެ ޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްބި މެސެޖުގައި މުދައްރިސުންނަކީ އަންނަހާ ޖީލުތައް ހެޔޮ މިސްރާބަށް ގެންދިޔުމުގެ އުނދަގޫ ދަތުރާ ހަވާލުވެގެންވާ ސަވާރީތަކެއް ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ކާމިޔާބީގެ އައްސޭރިއަށް ގައުމަކަށް ވާސިލުވެވޭނީ...

ވައުދުތައް ފުއްދުމުގައި ޔޫއޭއީގެ އެހީތެރިކަން ބޭނުންވޭ: އިންތިހާބީ ރައީސް
Raajje

ވައުދުތައް ފުއްދުމުގައި ޔޫއޭއީގެ އެހީތެރިކަން ބޭނުންވޭ: އިންތިހާބީ ރައީސް

އައު ސަރުކާރުން ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމަކުރެއްވުމުގައި، ޔޫ.އޭ.އީ ސަރުކާރުގެ އެހީތެރިކަމާއި ޔޫ.އޭ.އީގެ ވިޔަފާރިވެރިންނާއި ވުނޭރުންގެ ބައިވެރިވުމަށް ރާއްޖޭގެ އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ. އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިންތީހާބީ ރައީސް މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި މުއިއްޒު ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގައި، ޔޫ.އޭ.އީ އާއެކު އޮންނަ ގުޅުން މި...

އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންފި
Raajje

އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންފި

ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޑރ. މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ. އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، މުއިއްޒުގެ ރިޔާސީ ދައުރުގައި، އިންޑިއާ އެކު އޮންނަ ގުޅުން...

ޕީއެންސީގެ ރައީސްގެ މަގާމަށް މުއިއްޒު ހަމަޖައްސައިފި
Raajje

ޕީއެންސީގެ ރައީސްގެ މަގާމަށް މުއިއްޒު ހަމަޖައްސައިފި

ޕީއެންސީގެ ރައީސްގެ މަގާމަށް އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސައިފިއެވެ. އެމަނިކުފާނު މި މަގާމަށް ހަމަޖައްސާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލު ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ނިންމާފައިވަނީ އެ ޕާޓީގެ ރައީސަކަށް މުއިއްޒު އަދި ނައިބު ރައީސަކަށް ރަނިންމޭޓް ހުސައިން ހަމަޖެއްސުމަށެވެ. އެގޮތަށް ނިންމީ ޕީއެންސީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވި 40 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ޕާޓީގެ ރައީސްގެ މަގާމުގައި މިހައިތަނަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގ...

މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ސަފީރަކަށް އިނގިރޭސި ސަފީރު
Raajje

މުއިއްޒު އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ސަފީރަކަށް އިނގިރޭސި ސަފީރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެރޮން ރޮސްލާއާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިއީ މަގާމަށް އިންތިހާބުވުމަށް ފަހު މުއިއްޒު ބައްދަލު ކުރެއްވި ފުރަތަމަ ބޭރުގެ ސަފީރެވެ. އެ ބައްދަލުވުން އޮތީ މުއިއްޒުގެ އަމިއްލަ ގެ މ. ދިމްޔާތުގައެވެ. އެ ބައްދަލުވުމުގައި މުއިއްޒުގެ އަރިހުގައި އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި، އިނގިރޭސި ވިލާތުގެ ސަފީރު ކެރޮން ރޮސް...

އަމާންކަން ކަށަވަރު ކޮށްނުދެވޭ ވަރުގެ ސީޕީއެއް ނުލެއްވުމަށްއެދި އިމްރާންގެ އިލްތިމާސެއް
Raajje

އަމާންކަން ކަށަވަރު ކޮށްނުދެވޭ ވަރުގެ ސީޕީއެއް ނުލެއްވުމަށްއެދި އިމްރާންގެ އިލްތިމާސެއް

ގައުމާއި ރައްޔިތުންގެ އަމާންކަން ކަށަވަރު ނުކޮށްދެވޭ ވަރުގެ ފަރާތެއް ކަމިޝަނާ އޮފް ޕޮލިސް (ސީޕީ) ގެ މަގާމަށް ނުލުމަށް ހޯމް މިނިސްޓާ އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ، އިންތިިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކިބައިން އިލްތިމާސް ކުރައްވައިފިއެވެ. އޭނާ މިފަދައިން އެދިވަޑައިގެންނެވީ އިންތިހާބީ ރައީސް އަދި މާލޭ ސިޓީގެ މޭޔަރު ޓެގް ކުރައްވައި، ކުރައްވާފައިވާ ޓްވީޓެއްގައެވެ. ހޯމް މިނިސްޓާ މިފަދައިން އިލްތިމާސް ކުރައްވާފައިވާއިރު، އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު...

ޗައިނާގެ ރައީސް މުއިއްޒަށް: ގުޅުން ބަދަހިކޮށް، ކުރިއެރުން ހޯދައިދޭން ތައްޔާރު
International

ޗައިނާގެ ރައީސް މުއިއްޒަށް: ގުޅުން ބަދަހިކޮށް، ކުރިއެރުން ހޯދައިދޭން ތައްޔާރު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް، ޗައިނާގެ ރައީސް ޝީ ޖިންޕިން މަރުހަބާ ވިދާޅުވެއްޖެއެވެ. ޗައިނާ އިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން މެދުވެރިކޮށް “އެކްސް”ގައި ކުރެއްވި ޕޯސްޓުގައި ޝީ ވިދާޅުވީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށެވެ. އަދި އިހްލާސްތެރިކަމާ އެކުގައި ދެ ގައުމުން އެއް ގައުމު އަނެއް ގައުމަށް އިތުބާރުކުރުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ތަރައްގީގައި ބައިވެރިވުން އޮންނާނެ ކަމަށް ވިދާޅުވިއެވެ. ޝީގެ މެސެޖްގައި ވިދާޅުވީ [...

އިންތިހާބީ ރައީސް މުއިއްޒު، ނަޝީދުއާ ބައްދަލު ކުރައްވައިފި
Raajje

އިންތިހާބީ ރައީސް މުއިއްޒު، ނަޝީދުއާ ބައްދަލު ކުރައްވައިފި

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އާ މިއަދު ބައްދަލު ކުރައްވައިފިއެވެ. ނަޝީދުގެ ދައުވަތަކަށް މި ބައްދަލުވުން ކުރިއަށް ގެންދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިދާރާގައެވެ. މި ބައްދަލުވުމުގައި ނަޝީދުގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މުއިއްޒު މަޖިލިހުގެ އިދާރާ އަށް ވަޑައ...

ފައްޔާޒު، މުއިއްޒަށް: ހުދުމުހުތާރުކަން ތަހަންމަލެއް ނުކުރާނަން!
Raajje

ފައްޔާޒު، މުއިއްޒަށް: ހުދުމުހުތާރުކަން ތަހަންމަލެއް ނުކުރާނަން!

ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި އެމްޑީޕީއަކީ ޒިންމާދާރުކަމާ އެކީގައި ސަރުކާރު ޖަވާބުދާރީ ކުރުވާނެ ޕާޓީއަކަށް ވާނެ ކަމަށާއި އެކަަމަކު، ހުދުމުހުތާރު ކަން ތަހަންމަލް ނުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެއެވެ. Pres Elect @MMuizzu as you requested you can be rest assured we will be responsible in holding the gov accountable. I pray and hope that your promises for upholding […]

މުއިއްޒު ދެއްވީ ކުޑަ ރަށަކަށް ވެސް ވެފައިވާ ވައުދެއް އޮވެއްޖަނަމަ ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން
Raajje

މުއިއްޒު ދެއްވީ ކުޑަ ރަށަކަށް ވެސް ވެފައިވާ ވައުދެއް އޮވެއްޖަނަމަ ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން

ކުޑަކުޑަ ރަށްރަށަށް ވެސް ވެފައިވާ ވައުދެއް އޮވެއްޖަނަމަ ފުއްދައުދެއްވާނެ ކަމުގެ ޔަގީންކަން އިންތިހާބީ ރައީސް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. މި ޔަގީންކަން އެމަނިކުފާނު ދެއްވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީ، ޕީޕީއެމް ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށާއި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި އެމަނިކުފާނު ވިދާޅުވީ މި މަސައްކަތްތައް ކުރަން ކެބިނެޓުގައި ތިއްބަވާނީ ތަޢުލީމީ، ޤާބ...

އަޅުގަނޑުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރު: މުޢިއްޒު
Raajje

އަޅުގަނޑުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރު: މުޢިއްޒު

ބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ހިނގާނީ ހަމައެކަނި ރައްޔިތުންގެ ބާރުކަމަށް އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ޕީޕީއެމް/ޕީއެންސީން ރޭ ވަނީ މާލޭގެ ސޯޝަލް ސެންޓަރުގައި ޖަލްސާއެއް ބާއްވާފައެވެ. ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ބޭއްވި މި ޖަލްސާގައި ވާހަކަފުޅު ދައްކަވަން މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު އިންތިޚާބު ކުރީ ރައްޔިތުން ކަމަށާއި އަދި އެމަނިކުފާނަކީ ރައްޔިތުންގެ ޚާދިމެއް ކަމަށެވެ....

މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސައުދީ، އެމެރިކާ، ލަންކާ އިން މަރުހަބާ ކިޔައިފި
Raajje

މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސައުދީ، އެމެރިކާ، ލަންކާ އިން މަރުހަބާ ކިޔައިފި

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް ސައުދީ އަރަބިއްޔާ އާއި އެމެރިކާ އަދި ސްރީލަންކާ އިން މަރުހަބާ ކިޔައިފިއެވެ. ދެވަނަ ބުރުގެ ނަތީޖާ އަށް ދައްކާ ގޮތުން އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފައެވެ. މުއިއްޒާ ވާދަކުރެއްވި އެމްޑީީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ. މިއީ 19،291 ވޯޓުގެ ތަފާތެކެވެ. […]

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުން މާދަމާ ރެއަށް ފަސްކޮށްފި
Raajje

ޕީއެންސީގެ ކާމިޔާބީ ފާހަގަކުރުން މާދަމާ ރެއަށް ފަސްކޮށްފި

ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގައިި ޕީއެންސީ އަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ބާއްވަން ތާވަލުކުރި ހާއްސަ ބައްދަލުވުން މާދަމާ ރެއަށް ފަސްކޮށްފިއެވެ. ޕްރޮގްރެސިވް ކޯލިޝަންގެ އިސްތަރުޖަމާން ހިނާ ވަލީދު މީޑިއާ އަށް ވިދާޅުވީ މި ބައްދަލުވުން ފަސްކުރީ މޫސުން ތަންނުދިނުމުގެ ސަބަބުން ކަމަށެވެ. “އިންތހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ދިވެހި ރައްޔިތުންނަށް ޝުކުރުއަދާކުރުމަށް ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާ ރެއަށް ފަސްކުރެވިފައިވާ ވާހަކަ...