ފަޅުންނާއި ކަނޑުން ދީފައި ހުންނަ ތަންތަނަށް ގޯއްޗެކޭ ނުކިޔާނެ: ވަޒީރު ހައިދަރު
ފަޅުންނާއި ކަނޑުން ދީފައި ހުންނަ ތަންތަނަށް ގޯއްޗެކޭ ނުކިޔާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 26 ވަނަ ޖަލްސާގެ އެޖެންޑާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރާއި ސުވާލުކުރުން ވަނީ ހިމަނާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ވަޒީރާ ކުރައްވާ މި ސުވާލަށް ޖަވާބު...