ސްޕެއިންގައި ނަތަންޔާހޫގެ ސިފައަށް ހަދާފައިވާ ބުދެއް އަންދާލައި އިސްރާއީލަށް އޮތް ނުރުހުން ދައްކާލައިފި
ސްޕެއިންގެ މަލާގާ ޕްރޮވިންސްގެ އަވަށެއް ކަމަށްވާ އެލް ބާގޯގައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސިފައަށް ހަދާފައިވާ ބޮޑު ބުދެއް ގޮއްވާލައި އަންދާލައިފިއެވެ. މި ހަރަކާތަކީ އެ އަވަށުގައި ފާހަގަކުރާ އީސްޓާ ފެސްޓިވަލްގެ ތެރެއިން ހިންގި ހަރަކާތެކެވެ. މި މަންޒަރު ފެންނަ ވީޑިއޯތައް މިހާރު ދަނީ މީސްމީޑިއާގައި ވަރަށް ބޮޑަށް ދައުރުވަމުންނެވެ. މި ހަރަކާތަކީ ސްޕެއިންގެ ބައެއް ރަށްރަށުގައި ޒަމާނުއްސުރެ އޮންނަ “ކުއެމާ ޑި ހޫދަސް” (ޔޫދާސް އަންދާލުން) ނަމަކަށް ކިޔާ އާދަކާދައެކެވެ. މި އާދަކާދައިގެ...