Skip to main content
Topic Archive

#ސުޕްރީމް ކޯޓް

120 Stories filed
ސުއޫދު އިސްތިއުފާ ނުދޭ ކަމަށް ބުނެ ޖޭއެސްސީން މައްސަލަތައް ބަލަނީ
Raajje

ސުއޫދު އިސްތިއުފާ ނުދޭ ކަމަށް ބުނެ ޖޭއެސްސީން މައްސަލަތައް ބަލަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުލިބޭތީ ސުއޫދާ ގުޅޭ މައްސަލަތައް ކުރިއަށް ގެންދަން ޖޭއެސްސީން ނިންމައިފި އެވެ. މިދިޔަ ހަފުތާގައި ސަސްޕެންޑްކުރި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ސުއޫދު މިއަދު ވަނީ މަގާމުން އިސްތިއުފާ ދެއްވިކަމުގެ ސިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވައިފަ އެވެ. ފަނޑިޔާރުންގެ ގާނޫނު ބުނާގޮތުން ފަނޑިޔާރުންގެ އިސްތިއުފާގެ ސިޓީ ފޮނުވަން ޖެހެނީ ޖޭއ...

ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި
Raajje

ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އޭނާގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ބައެއް މީޑިއާތަކުން އޭނާގެ އިސްތިއުފާގެ ސިޓީ އާންމުކޮށްފައިވާއިރު، އިސްތިއުފާގެ ސިޓީގައި ސުއޫދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ބާތިލް ކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހުތިސާސް އެ ކޯޓަށް ލިބިގެންވާ ކަމަށް ނިންމުމުން ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފަށް ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުނ...

ފަނޑިޔާރުން ވަކިކުރާ އިސްލާހު ގާނޫނުއަސާސީއާ ހިލާފް: ބާ ކައުންސިލް
Raajje

ފަނޑިޔާރުން ވަކިކުރާ އިސްލާހު ގާނޫނުއަސާސީއާ ހިލާފް: ބާ ކައުންސިލް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފް އިސްލާހެއް ކަމަށް ބާ ކައުންސިލުން ވެސް މިއަދު ބުނެފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް ދަށްކުރަން ގާނޫނަށް ގެނައި އިސްލާހު މަޖިލީހުން ފާސްކޮށްފައި ވަނިކޮށް ބާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތަށް ގާނޫނަށް ގެންނަ ބަދަލަކުން ފަނޑިޔާރުން ވަކިކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ފަނޑިޔާރުންގެ މަސައްކަތާ އެއްވެސް ފަރާ...

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފި
Raajje

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފި

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަގުތީގޮތުން ސަސްޕެންޑުކޮށްފިއެވެ. ޖޭއެސްސީން ބުނީ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ ކޮމިޝަނަށް އަންގާފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރާ ގުޅޭގޮތުން ޖިނާއީ ތަޙްޤީޤެޤީޤެއް ކުރަމުންދާ ކަމަށެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައިވާ ގޮތުން، ތަޙްޤީޤު އިދާރާއަކުން ފަނޑިޔާރެއްގެ މައްސ...

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި
Parliament

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުން މިއަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ހުށަހެޅުނު ބިލު ފާސްކޮށްފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. މި އިޞްލާހުގައި ސުޕްރީމް ކޯޓުގައި މިހާރުތިބި ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ވަނީ ހުށަހަޅާފައެވެ. މަޖިލީހުގެ ޖަލްސާގައި 68 މެންބަރުން ވަނީ މި ބިލު ފާސްކުރަން ވޯޓުދެއްވ...

މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް
Raajje

މެމްބަރުންގެ ގޮނޑީގެ މައްސަލާގައި ވަގުތީ އަމުރާ ގުޅިގެން ސުޕްރީމް ކޯޓުގައި މާދަމާ އަޑުއެހުމެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ ދަށުން އެއްވެސް މެންބަރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދިފައިވާ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލްކޮށްފި އެވެ. ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ބާތިލް ކުރަން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި އޭނާގެ ފަރ...

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި
Parliament

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި ބިލު ކޮމެޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ. މި ބިލަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހް ގެނައުމުގެ ބިލެއްގެ ގޮތުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށްފަހު، މެންދުރުފަހު އެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުނެވެ. އޭގެ ދެތިން ގަޑ...

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅައިފި
Raajje

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ. މި އިސްލާހް ގެނައުމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހްގެނައުމުގެ ބިލެއް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. މި ބިލަކީ އޭނާ އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ. ސައްތާރު ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ރައްޔިތުން ކުރާ އެންމެ ފޮނި އުންމ...

ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް: ނަޝީދު
Raajje

ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނާނީ ސީދާ ރައްޔިތުންނަށް: ނަޝީދު

ޤާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮންނަންވާނީ ސީދާ ރައްޔިތުންނަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ދާއިރު، ނަޝީދު މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤާނޫނުއަސާސީ އިސްލާހު ކުރުމުގެ ބާރު އޮތީ ރައްޔިތުންގެ މަޖިލީހަށްކަމަށް އެމަނިކުފާނަށް ލަފާކުރެއްވޭ ކަމަށެވެ. ނަމަވެސް، ޤާނޫނުއަސާސީ ބަދަލު ކުރާނަމަ ފެންނ...

ގޮނޑި ގެއްލޭ އިސްލާހަކީ ދުސްތޫރީ އަސާސީ ހަމަތަކާ ހިލާފް އިސްލާހެއް: ވަކީލް
Raajje

ގޮނޑި ގެއްލޭ އިސްލާހަކީ ދުސްތޫރީ އަސާސީ ހަމަތަކާ ހިލާފް އިސްލާހެއް: ވަކީލް

މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ ހަމަތަކާ ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ. މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން މިދިޔަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިނެވެ...

ކުރީގެ ފިރިމީހާ މަރާލި ނަޒާހާއަށް ސުޕްރީމް ކޯޓުން ނާކާމިޔާބު
Raajje

ކުރީގެ ފިރިމީހާ މަރާލި ނަޒާހާއަށް ސުޕްރީމް ކޯޓުން ނާކާމިޔާބު

ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ދަމަހައްޓައިފި އެވެ. ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލާން 2011 ގައި އޭރުގެ ޖިނާއީ ކޯޓުން ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ އޭނާ މަރާލިކަން ނަޒާހާގެ އިއުތިރާފުން ސާބިތުވުމުންނެވެ. ނަޒާހާ ބުނާގޮތުގައި ޝާހިދު މަރާލީ އޭނާގެ ފަރާތުން ލިބިފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. ސުޕްރީމް […]

އަލިދޫ ރިސޯޓާއި ބީނާފުށީގެ ކުލީގެ މައްސަލާގައި ޔޮޓް ޓުއާސަށް ސުޕްރީމް ކޯޓުން ކާމިޔާބު
Raajje

އަލިދޫ ރިސޯޓާއި ބީނާފުށީގެ ކުލީގެ މައްސަލާގައި ޔޮޓް ޓުއާސަށް ސުޕްރީމް ކޯޓުން ކާމިޔާބު

ހއ. އަލިދޫ ރިސޯޓާއި ބީނާފުށްޓާއި ކަނޑާލިފިނޮޅުގެ ކުލި ނުދެއްކި މައްސަލާގައި ޔޮޓް ޓުއާސް ކުންފުނީގެ ބޭންކް އެކައުންޓްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިީޓީ (މީރާ) އިން ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސްގެ އެކައުންޓްތައް 2017 ވަނަ އަހަރު މީރާގެ އެންގުމަކަށް ފްރީޒްކުރީ އެ ކުންފުންޏަށް ސަރުކާރުން ދޫކޮށްފައިވާ އަލިދޫ […]

ކުރީގެ ފިރިމީހާ މަރާލި ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަނީ
Raajje

ކުރީގެ ފިރިމީހާ މަރާލި ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަނީ

ކުރީގެ ފިރިމީހާ މަރާލި މައްސަލާގައި އުމުރަށް ޖަލަށްލާފައިވާ މަރިޔަމް ނަޒާހާގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވަން ތާވަލްކޮށްފި އެވެ. ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށްލާން 2011 ވަނަ އަހަރު ޖިނާއީ ކޯޓުން ހުކުމްކުރީ ޖޫން، 2010 ގައި އޭނާގެ ކުރީގެ ފިރިމީހާ ކަމަށްވާ މއ. އެދުރުގޭ ހަސަން ޝާހިދަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގަ އެވެ. ނަޒާހާގެ މައްޗަށް ކުރި ހުކުމް 2015 ވަނަ އަހަރު ހައި ކޯޓުން ދަމަހައްޓާފައިވާއިރު، އެ […]

ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް
Raajje

ޔާމީންގެ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމާ ހަމައަށް

ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް، އަބްދުالله ޔާމީނަށް ކުރާ ހިޔާނާތުގެ ދައުވާތަކާ ގުޅިގެން ފަހުން ހުށަހެޅި އާ ހެކިތައް ބަލައިގަނެވޭނެ ކަމަށް ބުނެ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން މިއަދު ނިންމާލައިފި އެވެ. ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގެ ތެރެއިން ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ނަންގަވައި އެ ފައިސާ ލޯންޑަ ކުރެއްވި ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައި 11 އަހަރުގެ ޖަލު ހުކުމެއް އެމަނިކުފާނުގެ މައްޗަށް […]

އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ތަފްސީލުތައް ހާމަ ކުރަންޖެހޭނެ: ސުޕްރީމް ކޯޓް
Raajje

އަމީނީމަގު ހެދުމުގެ މަޝްރޫއުގެ ތަފްސީލުތައް ހާމަ ކުރަންޖެހޭނެ: ސުޕްރީމް ކޯޓް

އަމީނީމަގު ތަރައްގީ ކުރުމުގެ އެއްބަސްވުމާއި ތަފްސީލުތައް ހާމަކުރަން ކޮމިޝަނަރުގެ އޮފީހުން އެންގީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ވެސް މިއަދު ހުކުމްކޮށްފި އެވެ. އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކުރަން ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމާއި އެ މަގުގެ ކުރެހުންތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެންގި މައްސަލަ ކުރީގެ ސަރުކާރުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވެސް 2023 ވަނަ އަހަރު ނިންމީ އެ މައުލޫމާތު ދޭން ޖެހޭނެ […]