Skip to main content
Topic Archive

#ސުޕްރީމް ކޯޓް

120 Stories filed
ޣަނީ އަށް ކޮމިޓީން ރުހުންދީފި
Parliament

ޣަނީ އަށް ކޮމިޓީން ރުހުންދީފި

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުރަން ފެންނަކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން މިއަދު ރުހުން ދީފިއެވެ. މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 20 ވަނަ ޖަލްސާގައި ވަނީ އުއްތަމަފަނޑިޔާރަކަށް ޢައްޔަނުކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މަޖިލީހަށް ފޮނުއްވި ނަންފުޅުއިއްވާފައެވެ. މިގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ...

އުއްތަމަފަނޑިޔާރުކަމަށް ޣަނީ ޢައްޔަނުކުރުމުގެ މައްސަލަ ކޮމެޓީއަށް
Parliament

އުއްތަމަފަނޑިޔާރުކަމަށް ޣަނީ ޢައްޔަނުކުރުމުގެ މައްސަލަ ކޮމެޓީއަށް

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުކުރުމުގެ މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް މިއަދު ފޮނުވައިފިއެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން 21 ޖުލައި 2025 ގައި ޝަރަފްވެރިކަމާއެކު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ ހަމަ އެދުވަހުއެވެ. ޖ...

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ޖޭއެސްސީން ލަފާދެނީ
Raajje

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަންކުރަން ޖޭއެސްސީން ލަފާދެނީ

ހުސްވެފައިވާ އުއްތަމަ ފަނޑިޔާރުގެ މަގާމަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ޢައްޔަނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނިންމައިފިއެވެ. މި މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރެއިން ޣަނީގެ ނަން ހުށަހެޅުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ބޭއްވުނު އިންޓަވިއުތަކަށް ފަހުގައެވެ. އުއްތަމަ ފަނޑިޔާރުގެ މަގާމަށް ޣަނީގެ އިތުރުން ކުރިމަތިލައްވާފައިވަނީ ފެމިލ...

އުއްތަމަ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި
Raajje

އުއްތަމަ ފަނޑިޔާރުކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި މަޤާމު ހުސްވީ، ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ރިޓަޔަރ ކުރެއްވުމުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ބޭފުޅުން ހޯދުމަށް ހުޅުވާލި މުއްދަތު މިއަދު ހަމަވިއިރު، މި މަޤާމަށް ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުންނެވެ. އެ ބޭފުޅުންނަކީ: ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ހައި ކޯޓުގެ ކުރީގެ...

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފި
Raajje

އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފި އެވެ. އުއްތަމަ ފަނޑިޔާރުކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ފަރާތްތަކުން އެ މަގާމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލާފައި ވަނީ  29 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެ...

އުއްތަމަ ފަނޑިޔާރު ހޯމަ ދުވަހު ރިޓަޔާ ކުރައްވަނީ
Raajje

އުއްތަމަ ފަނޑިޔާރު ހޯމަ ދުވަހު ރިޓަޔާ ކުރައްވަނީ

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އަންނަ ހޯމަ ދުވަހުން ފެށިގެން އެ މަގާމުން ޝަރަފްވެރިކަމާ އެކު ވަކިވެވަޑައިގަތުމަށް ނިންމަވައިފި އެވެ. އުއްތަމަ ފަނޑިޔާރު މުއުތަސިމް ރިޓަޔާވެ ވަޑައިގަތުމަށް ހުށަހެޅުއްވުމުން އަންނަ ހޯމަ ދުވަހުން ފެށިގެން މަގާމުން ވަކިވެވަޑައިގަތުމުގެ ފުރުސަތު ދެއްވަން ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ ނިންމައިފަ އެވެ. ޝަރަފްވެރިކަމާއެކު ރިޓަޔާ ކުރެއްވުމުން އުއްތަމަ ފަނޑިޔާރަށް އިނާޔަތް ލިބިވަޑައިގަންނަވާނެ އެވެ. އުއްތަމަ ފަނޑިޔާރަކަށް ޑިސެމްބަރު 2019 ގައި މުއުތަސިމް...

އަނަސްގެ މަރުގެ ދައުވާލިބޭ އެންމެން އެންމެފަހުން ސުޕްރީމް ކޯޓުން ބަންދަށް
Raajje

އަނަސްގެ މަރުގެ ދައުވާލިބޭ އެންމެން އެންމެފަހުން ސުޕްރީމް ކޯޓުން ބަންދަށް

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ތުހުމަތު ކުރެވޭ މީހުން ބަންދުކުރަން އެންމެފަހުން ސުޕްރީމް ކޯޓުން އަމުރުކޮށްފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފާއި ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު […]

ޝަމްއާން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ނިންމަނީ
Raajje

ޝަމްއާން ބަންދުކުރި މައްސަލަ ސުޕްރީމް ކޯޓުން މާދަމާ ނިންމަނީ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލާގެ ހުކުމް މާދަމާ އިއްވަން ސުޕްރީމް ކޯޓުން ތާވަލްކޮށްފި އެވެ. އިމިގްރޭޝަނުން ހިފެހެއްޓި ބިދޭސީއެއްގެ އަތުން ފައިސާ ނެގުމަށްފަހު، އެ މީހާ ދޫކޮށްލި ކަމަށް ތުހުމަތު ކުރާ މައްސަލާގައި ކޮންޓްރޯލަރުގެ މަގާމުން ވަކިކޮށް, ހައްޔަރުކުރި ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން އޮތީ ދަމަހައްޓައިފަ އެވެ. އެ މައްސަލަ ޝަމްއާންގެ ފަރާތުން އިސްތިއުނާފް ކުރުމުން އެ މައްސަލާގ...

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސަލީމާއި ހަމީދު ޢައްޔަންކުރައްވައިފި
Raajje

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސަލީމާއި ހަމީދު ޢައްޔަންކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މުހައްމަދު ސަލީމާއި، އަބްދުﷲ ހަމީދު ޢައްޔަންކުރައްވައިފިއެވެ. މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ދެ ބޭފުޅުންނަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ. އެއަށްފަހު މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސް މުޢިއްޒު ވަނީ އެ ދެބޭފުޅުންނާ ހަވާލުކުރައްވާފައެވެ. މިއަދުގެ ޖަލްސާގައި މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް ޢަ...

ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން ފާސްކޮށްފި
Raajje

ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރީ މިއަދު ކުރިއަށް ދިޔަ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ. މިއަދުގެ ޖަލްސާގައި މި ދެ ބޭފުޅުން ސުޕްރީމް ކޯޓަށް ޢައްޔަނުކުރުމަށް ފެންނަކަމަށް ނިންމި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓުގެ މަރުހަލާ ތަޅުމުގައި […]

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރާތީ ޕީޖީން އަނެއްކާވެސް ސުޕްރީމް ކޯޓަށް
Raajje

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރާތީ ޕީޖީން އަނެއްކާވެސް ސުޕްރީމް ކޯޓަށް

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން ދެވަނަ ފަހަރަށް ނިންމުމުން އެ މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓުގައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ. ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން […]

ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
Parliament

ސުޕްރީމް ކޯޓަށް ސަލީމާއި ހަމީދު އައްޔަންކުރަން މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ ދެ މަގާމަށް ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ. މި ދެ މަގާމަށް މީހުން ހޯދުމަށް މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އޭގެ ތެރެއިން ސަލީމާއި ހަމީދު އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް […]

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު
Raajje

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް 12 ބޭފުޅަކު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުގައި ހުސްވެފައިވާ ދެ މަޤާމަށް 12 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. މި ދެ މަޤާމު ހުސްވީ މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރު މަހާޒު އަލީ ޒާހިރު އާއި ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މި މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިއަދުގެ މެންދުރު 12:00 އަށެވެ. މުއްދަތު ހަމަވިއިރު ޖުމްލަ 12 ބޭފުޅަކު ވަނީ […]

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފި
Raajje

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ހުޅުވާލައިފި

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފިއެވެ. ޖޭއެސްސީން މިއަދު ކުރި އިޢުލާނުގައިވާ ގޮތުން، މި މަޤާމަށް ކުރިމަތިލުމުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އަށް ވަނީ ހުޅުވާލާފައެވެ. ޖޭއެސްސީގެ އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ނުވަތަ ހާޑް ކޮޕީ ހުށަހަޅައިގެންނެވެ. މި މަގާމަށް ކުރިމަތިލެވެނީ އުމުރުން 30 އަހަރ...

ފަނޑިޔާރުކަމުގެ މަގާމުން މަހާޒް އާއި އަޒްމިރަލްދާ ވަކިކުރަން ފާސްކޮށްފި
Parliament

ފަނޑިޔާރުކަމުގެ މަގާމުން މަހާޒް އާއި އަޒްމިރަލްދާ ވަކިކުރަން ފާސްކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ގޮތަށް ނިންމާފައިވަނީ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓުގައެވެ. މި ޖަލްސާގައި، ދެ ފަނޑިޔާރުން ވަކިކުރުމަށް ފެނޭތޯ ވަކިވަކިން ނެގި ވޯޓުގައި، ކޮންމެ ފަނޑިޔާރަކު ވަކިކުރުމަށް 68 މެންބަރުން ތާއީދު ކުރެއްވިއެވެ. ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅިފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސް...