އީރާނުގައި ހުންނަ ސުވިޒަލޭންޑްގެ އެމްބަސީ އަލުން ހުޅުވަނީ
އީރާނުގައި ހުންނަ އެ ގައުމުގެ އެމްބަސީ އަލުން ހުޅުވުމަށް ސުވިޒަލޭންޑުން ނިންމާފައިވާ ކަމަށް އެ ގައުމުގެ ފެޑަރަލް ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް (އެފް.ޑީ.އެފް.އޭ) އިން ހުކުރު ދުވަހު ބުނެފިއެވެ. އެފް.ޑީ.އެފް.އޭ އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، އެމްބަސީގެ މަސައްކަތްތައް އަލުން ފެށުމަށްޓަކައި އެމްބަސީގެ ކުޑަ ޓީމެއް މި ހަފުތާގައި ވަނީ ތެހެރާނަށް އެނބުރި ގޮސްފައެވެ. އަދި އެމްބަސީ ފުރިހަމައަށް ހުޅުވުމާ ގުޅޭގޮތުން ކުރަންޖެހޭ އިވެލުއޭޝަންތައް ނިމުމުން، ރޭވިފައިވާ ގޮތުގެ މަތިން ބާކީ ތިބި މުވައްޒަފުން...