Skip to main content
Topic Archive

#ސިވިލް ސާވިސް ކޮމިޝަން

49 Stories filed
އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އަޙްމަދު ޢަދީލް އައްޔަނުކޮށްފި
Raajje

އިސްލާމިކް މިނިސްޓްރީގެ ޕީއެސްއަކަށް އަޙްމަދު ޢަދީލް އައްޔަނުކޮށްފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕަރމަނަންޓް ސެކްރެޓަރީ (ޕީއެސް) ކަމަށް ކ. ކާށިދޫ، ގަހާ، އަޙްމަދު ޢަދީލް ސިވިލް ސަރވިސް ކޮމިޝަނުން އައްޔަނު ކުރައްވައިފިއެވެ. މިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގައި އިއްޔެ ބޭއްވުނު ރަސްމިއްޔާތުގައި ޕީއެސްގެ މަޤާމަށް އަޙްމަދު ޢަދީލް އައްޔަންކުރެއްވީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިހް އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާފައި ވަނީ، މިނިސްޓަރ އޮފް އިސްލާމީކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރު އެވެ. އަޙްމަދު ޢަދީލްއަކީ މާސްޓަރ އޮފް އެޑިޔުކޭޝ...

"ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" އަކީ، ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން: ސީއެސްސީ
Raajje

"ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" އަކީ، ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން: ސީއެސްސީ

“ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން” ގެ ނަމުގައި މީސްމީޑިއާގައި މިހާރު ޙަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫންކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުޢޫރުތަކާއި، މި ކަމާ ގުޅިގެން އިހުތިޖާޖުކުރުމުގެ ގޮތުން ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި، ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ޕޯސްޓްތަކާ ގުޅޭގޮތުން ސީއެސ...

ސިވިލް ސާވަންޓުންގެ ހިމޭން އިހުތިޖާޖު ފަށައިފި
Raajje

ސިވިލް ސާވަންޓުންގެ ހިމޭން އިހުތިޖާޖު ފަށައިފި

ހައްގު މިންވަރަށް އެދެމުން ދިވެހި ގިނަ އަދަދެއްގެ ސިވިލް ސާވިސް މުވައްޒަފުން މިއަދު ހިމޭން އިހުތިޖާޖެއް ކުރަމުން އެބަދެއެވެ. މިގޮތުން އެ މުވައްޒަފުންގެ ޒަމާންވީ ކަންބޮޑުވުންތަކެއް ހައްލުނުވެ ހުރުމުން ބައެއް ސިވިލް ސާވިސް މުވައްޒަފުން މިއަދު އޮފީހަށް ނުކުތީ ވެސް ކަޅު ހެދުމުގައެވެ. މިނިމަމް ވޭޖްގެ ގޮތުގައި އަސާސީ މުސާރަ ކަނޑައަޅައި ދިނުމަށާއި ލިވިން އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށާއި، ތިޖޫރީއާއި ފައިސާ ބަލަހައްޓާ މުވައްޒަފުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ރިސްކް އެލަވަންސެއް...

މަޑުޖައްސާލާފައިވާ "ސެޓްފިކެޓް ޕްރޮމޯޝަން" އަންނަ މަހުން ފެށިގެން ދެނީ
Raajje

މަޑުޖައްސާލާފައިވާ "ސެޓްފިކެޓް ޕްރޮމޯޝަން" އަންނަ މަހުން ފެށިގެން ދެނީ

ކޮވިޑް 19ގެ ހާލަތާއި ގުޅިގެން މަޑުޖައްސާލާފައިވާ ސިވިލް ސަރވިސްގެ ފަންނީ ވަޒީފާތަކުގެ އޮނިގަނޑުގައި ތިއްބެވި މުވައްޒަފުންނަށް ވަކި ފެންވަރެއްގެ ސަނަދެއް ޙާސިލްކުރުމުން ދެވޭ ޕްރޮމޯޝަން “ސެޓްފިކެޓް ޕްރޮމޯޝަން” އަންނަ މަހުން ފެށިގެން ދިނުމަށް ނިންމައިފި އެވެ. ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ވަނީ މި ޕްރޮމޯޝަން ދެމުން އައި މިނިސްޓްރީ ތަކަށް 1 އޮކްޓޫބަރު 2021 އިން ފެށިގެން ކުރިއަށްގެންދިއުން އެންމެ ރަގަޅުކަމުގައި ދަންނަވާފަ އެވެ. މިއާއި އެކު މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފައިވަނީ ސެޓްފިކެ...

ޕާކިސްތާނުން, ސީއެސްސީއަށް އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކޮށްފި
Raajje

ޕާކިސްތާނުން, ސީއެސްސީއަށް އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކޮށްފި

ޕާކިސްތާނު ހައިކޮމިޝަނުގެ ފަރާތުން ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އަށް ޑިވެލޮޕްމަންޓް އެސިސްޓެންސްގެ ގޮތުގައި އޮފީސް އިކުއިޕްމަންޓުތަކެއް ހަދިޔާކުރައްވައިފިއެވެ. މި އިކިއުޕްމެންޓްތައް ޕާކިސްތާނުގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނާ ހަވާލުކުރެއްވީ ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސަލަންސީ ވައިސް އެޑްމިރަލް (ރިޓަޔާރޑް) އަތުހަރު މުޚްތާރު އެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން މިތަކެއްޗާ ހަވާލުވެވަޑައިގަތީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް އަލ...

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް 511 މީހަކު ކުރިމަތިލައިފި
Raajje

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް 511 މީހަކު ކުރިމަތިލައިފި

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)އިން ޢާންމުކޮށް ހުޅުވާލުމުން 511 މީހަކު ކުރިމަތިލައިފިއެވެ. އެ މަގާމަށް ކުރިމަތިލުމަށް ސީއެސްސީން ޢާންމުކޮށް ހުޅުވާލީ ޖޫން 20 ވަނަ ދުވަހުއެވެ. އެ އިދާރ...

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށް ހުޅުވާލައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ގޮތުން، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް...

ސިވިލްސަރވިސް ވަޒީފާތަކަށް އެޕްލިކޭސަން ހުށަހެޅުން އޮންލައިންކުރަނީ
Raajje

ސިވިލްސަރވިސް ވަޒީފާތަކަށް އެޕްލިކޭސަން ހުށަހެޅުން އޮންލައިންކުރަނީ

ސިވިލްސަރވިސްގެ ހުރިހާ މަޤާމުތަކަށް އެޕްލިކޭޝަން ހުށަހެޅުން އޮންލައިން ނިޒާމަކަށް ބަދަލުކުރުމަށް އ ކޮމިޝަނުން ވިސްނަމުންދާކަމަށް ސިވިލްސަރވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހިމް ރަޝީދު ވިދާޅުވެއްޖެއެވެ. ސީއެސްސީގެ ނައިބު ރައީސް ރަޝީދު މިހެންވިދާޅުވީ، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލް މަޤާމަށް މީހުން ހަމަޖެއްސުމާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް ޓީ.ވީ.އެމްގެ “ހެނދުނު ހެދުނާ ޕްރޮގްރާމު”ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކާގައެވެ. ރަޝީދު ވިދާޅުވީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރ...

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ ޝަރުޠުތައް ޢާންމުކޮށްފި
Raajje

ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ ޝަރުޠުތައް ޢާންމުކޮށްފި

ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ ޝަރުޠުތައް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ޢާންމުކޮށްފި އެވެ. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 126 ވަނަ މާއްދާގެ ދަށުން، ލޯކަލް ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފުގެ ގޮތުގައި އެ ކޮމިޝަނުން ޢައްޔަންކުރަންޖެހޭ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އަސާސީ ޝަރުޠުތައް އާންމުކޮށްފައިވަނީ އިއްޔެ އެވެ. މިޝަރުތުތައް އާންމުކޮށްފައިވަނީ ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް އަދި ރަށުކައުންސިލްތަ...

ޓެރަރިޒަމަށް ހިތްވަރު ދޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަނީ
Raajje

ޓެރަރިޒަމަށް ހިތްވަރު ދޭ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅަނީ

ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޚިޔާލުފާޅުކުރާ ސިވިލް ސާވިސް މުވައްޒަފުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. ސީއެސްސީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައި ވަނީ، ސިވިލް ސާވިސް މުވައްޒަފުން ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމާއި މުޖްތަމައުގައި އުޅޭ އުޅުމުގައި ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރު ދިނުމާއި އެފަދަ ފޮޓޯ އާއި ވީޑިއޯ އާންމުކުރާ ނަމަ އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ކަން ދޭހަވާ އެއްވެސް ކަމެއް […]

ތަޢުލީމާ ތަޖުރިބާ އަދި ހުނަރުވެރި ފަރާތްތަކަށް އިސްކަންދީގެން ވަޒީފާ ދިނުމަށް ބާރު ލިބޭ އިސްލާހެއް
Raajje

ތަޢުލީމާ ތަޖުރިބާ އަދި ހުނަރުވެރި ފަރާތްތަކަށް އިސްކަންދީގެން ވަޒީފާ ދިނުމަށް ބާރު ލިބޭ އިސްލާހެއް

އެކި ދާއިރާތަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ސިވިލް ސަރވިސްއަށް ވަދެވޭ ގޮތަށް ވަޒީފާއަށް ވަދެވޭ އުމުރު 55 ން 60 އަހަރަށް އިތުރުކުރުމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ. ސިވިލް ސަރވިސްގެ ޤާނޫނުގެ 41 ވަނަ މާއްދާގައިވާ ގޮތުން އުމުރުން 55 އަހަރުން ދޮށީ އުމުރުގެ ދިވެހިންނަށް ސިވިލް ސަރވިސްއަށް ވަނުމުގެ ޝަރުޠު ފުރިހަމަނުވެއެވެ. 13 މާއްދާ ހިމެނޭ ގޮތަށް ސިވިލް ސަރވިސްގެ ޤާނޫނަށް ގެންނަ ބަދަލުތަކުގެ ތެރޭގައި، […]

ސީއެސްސީ އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި
Raajje

ސީއެސްސީ އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އެކޮމިޝަނުން އިލްތިމާސްކޮށްފި އެވެ. ދިޔަރެސް ނޫހުގައި 09 މާޗް 2021 ގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެކްޓިން ޕީ.އެސް ސާމީ އަޤީލްއާއި ގުޅުވައި، ސިވިލް ސާވިސް ކޮމިޝަންއާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަ ތަކާއިގުޅޭގޮތުން ސީއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމުގައެވެ. ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ މި ޚަބަރުގައި ބުނެފައިވަނީ ސާމީއަށް ތުހުމަތު ކުރެވޭ ގިނ...

ކައުންސިލް އިންތިޚާބު: ސިވިލް ސާވިސް މުވައްޒަފުން މިއަދުން ފެށިގެން ސަސްޕެންޑް
Raajje

ކައުންސިލް އިންތިޚާބު: ސިވިލް ސާވިސް މުވައްޒަފުން މިއަދުން ފެށިގެން ސަސްޕެންޑް

ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސް މުވައްޒަފުން މިއަދުން ފެށިގެން ސަސްޕެންޑް ވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. ސީއެސްސީން ބުނީ އެ ކޮމިޝަންގެ މުވައްޒަފުން ތެރެއިން 2021 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ ސިވިލް ސާވިސްގެ މުވައްޒަފުން 29 ޖެނުއަރީ 2021 ވަނަ ދުވަހުން ފެށިގެން އެ އިންތިޚާބު ރަސްމީ ނަތީޖާ ޢިއުލާން ކުރުމާއި ހަމައަށް ވަޒީފާއިން ސަސްޕެންޑްވާނެ ކަމަށެވެ. ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަ...

ސީއެސްސީއަށް ގުޅަން ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފި
Raajje

ސީއެސްސީއަށް ގުޅަން ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިފި

ސިވިލް ސާވިސް މުވައްޒަފުންނާއި އާންމުން އެކިއެކި ބޭނުންތަކުގައި އެ ކޮމިޝަނަށް މުއާމަލާތު ކުރާއިރު މައުލޫމާތު ލިބިދިނުން ފަސޭހަކޮށްދިނުމަށް އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ. ސާވިސް ކޮމިޝަން (ސީއެސްސީ) އިން ނެރުނު ސާކިޔުލާއެއްގައި ބުނީ ފޯނަށް ނުގުޅޭ ހާލަތުގައިވެސް ކޮމިޝަނާ މުއާމަލާތް ކުރެވޭނެ ގޮތްތައް މިހާރު ވަނީ ހަމަޖަައްސާފައިކަމަށެވެ. ސީއެސްސީ އިން ބުނީ ކޮމިޝަނުގެ ވެބްސަިއޓުގައި، އެކިއެކި ބޭނުންތަކަށް ކޮމިޝަނުގެ މުވައްޒަފުންނާ މުއާމަލާތް ކުރުމަށް ޗެޓް ފީޗާއެއް ގާއިމްކޮށްފައިވާނެ ކަމަށާއި ކޮމ...

މުވައްޒަފުންގެ އިހުމާލެއްނެތި، އިނާޔަތްތައް ހަމަޖެއްސުން ލަސްވާ ޙާލަތްތަކަށް ހައްލެއް
Raajje

މުވައްޒަފުންގެ އިހުމާލެއްނެތި، އިނާޔަތްތައް ހަމަޖެއްސުން ލަސްވާ ޙާލަތްތަކަށް ހައްލެއް

މުވައްޒަފުންގެ އިހުމާލެއްނެތި މުވައްޒަފުންނަށް ވަޒީފާއާ ގުޅިގެން ދެވޭ އިނާޔަތްތައް ހަމަޖެއްސުން ލަސްވާ ޙާލަތްތައް މެދުވެރިވެއްޖެނަމަ، މުވައްޒަފުން ކަމާގުޅޭ ސެޓްފިކެޓްތަކާއި ލިޔުންތައް އިދާރާއަށް ހުށަހެޅި ތާރީޚުން ފެށިގެން ކުރިއެރުން ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެއްސުމަށް ސިވިލް ސަރވިސް ކޮމިޝަނުން ނިންމަވައިފި އެވެ. ސިވިލް ސަރވިސް ކޮމިޝަނުން މިކަން މިގޮތަށް ނިންމަވާފައިވާކަން ބަޔާންކޮށް މިއަދު ޕަރމަނަންޓް ސެކްރެޓަރީންނާއި، ޒިންމާދާރު އިސްވެރިން އަދި ޒިންމާދާރުވެރިންނަށް، ފޮނުވާފައިވާ ސަރކ...