ވިލިނގިލި ކުއްޖާ މަރުވި މައްސަލަ މަޖިލިހަށް ހުށަހަޅައިފި
ގއ. ވިލިނގިލިން ހާލު ދެރަވި އުމުރުން 13 އަހަރުގެ ދިވެހި ފިރިހެން ކުއްޖާ މަރުވި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފިއެވެ. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން މަޖިލިހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ އިއްޔެ މަރުވި ކުއްޖާ ވިލިނގިލި ހޮސްޕިޓަލަށް ގެންދެވުނީ ބުދަ ދުވަހުގެ ރޭ ކަމަށާއި އެ ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމަށް ޑޮކްޓަރުން ލަފާދިން ނަމަވެސް އިމަޖެންސީ އިވެކުއޭޝަންގެ ކަންތައް ލަސްވެފައިވާ ކަމަށެވެ. އެގޮތުން އިމަޖެންސީ އިވެކުއޭޝަންގައި […]