Skip to main content
Topic Archive

#ސިނަމާލެ ބްރިޖު

4 Stories filed
ސިނަމާލެ ބްރިޖަށް ބޮޑު ގެއްލުމެއް ނުވޭ، ރައްކާތެރިކަން ވަރުގަދަކުރަން ދެ ޓަގުބޯޓު ހޯދަނީ
Raajje

ސިނަމާލެ ބްރިޖަށް ބޮޑު ގެއްލުމެއް ނުވޭ، ރައްކާތެރިކަން ވަރުގަދަކުރަން ދެ ޓަގުބޯޓު ހޯދަނީ

ރޭ މާލެ ކައިރިން އޮޔާދިޔަ ދެ ބޯޓު ސިނަމާލެ ބްރިޖުގައި ޖެހި ހިނގި ހާދިސާގައި ބްރިޖުގެ މައިގަނޑު ސްޓްރަކްޗަރއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ލިބިފައިވަނީ ބޭރުފުށުގެ ކޫރުންތަކެއް އެކަނި ކަމަށް މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބްރިޖު އެޅި ކުންފުނި ކަމަށްވާ ސެކަންޑް ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (އެސްއެޗްއީސީ) ގެ އިންޖިނިއަރުން ރެޔާއި މިއަދު ހެނދ...

ބްރިޖު މަތީ ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންގައި މީހަކު ނިޔާވެއްޖެ
Raajje

ބްރިޖު މަތީ ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންގައި މީހަކު ނިޔާވެއްޖެ

ސިނަމާލެ ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި މިއަދު މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މިއަދު ހެނދުނު 8:19 ހާއިރު ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ކޯނަކީ ބްރިޖުގެ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދިނުމަށް ބަހައްޓާފައި...

ބްރިޖަކީ ރާއްޖެ-ޗައިނާގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް: ރައީސް
Raajje

ބްރިޖަކީ ރާއްޖެ-ޗައިނާގެ މެދުގައި އޮތް އިތުބާރުގެ ރަމްޒެއް: ރައީސް

ސިނަމާލެ ބްރިޖަށް ހަ އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ނަން ދީފައިވާ މި ބްރިޖަށް ހަ އަހަރުވުމުގެ މުނާސަބަތުގައި ރައީސް ތަހުނިޔާ ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ބްރިޖް ރަސްމީކޮށް ހުޅުވިފައި ވަނީ 30 އޯގަސްޓް 2018 ގައެވެ. އެ ބްރިޖް އެޅުމުގައި އޭރުގެ ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް މުޢިއްޒު ވަނީ އިސް ދައުރެއް އަދާކުރަށްވާފައެވެ. މި ބްރުޖަށް ހަ އަހަރުފުރުމުގެ […]

ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން: ރައީސް
Raajje

ބްރިޖް އިން ޓޯލް ނެގުމަކީ އަޅުގަނޑު ގެ ސިޔާސަތެއްނޫން: ރައީސް

ބްރިޖް އިން ޓޯލް ނެގުމަކީ ރައީސް މުޙައްމަދު މުޢިއްޒު ގެ ސިޔާސަތެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެކްސްގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ރޭ އިފްތިތާހްކުރި “މާލެ ފަހި ޕްރޮގްރާމް”ގެ ޕްލޭންގެ ތެރޭގައި ސިނަމާލޭ ބުރިޖުން ޓޯލް ފީއެއް ނެގުމަށް ހިމަނާފައި އޮތުމުން ބައެއް މީޑިއާތަކުން ވަނީ އެކަން ރިޕޯޓުކޮށްފައެވެ. އެކަމާއި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވ...