ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހެޅޭނެ
ރޯދަމަސް ފެށުމުގެ ކުރިން ދިވެހި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުލިބޭނަމަ ޝަކުވާ ހުށަހެޅޭނެކަން ލޭބަރ ރިލޭޝަން އޮތޯރިޓީން ހަނދާންކޮށްދީފިއެވެ. ލޭބަރ ރިލޭޝަން އޮތޯރިޓީން އިއްޔެ އާންމު ކުރި ޢިއުލާނެއްގައި ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް، ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭން ޖެހޭނެކަން ވަނީ ފާހަގަކޮށްފައެވެ. ބައެއް ފަރާތްތަކުން ރޯދަ މަހުގެ އިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި...