ކަނިމީދޫ ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރަން ބީލަމަށް ހުޅުވައިލަނީ
ތ. ކަނިމީދޫ، ޓޫރިޒަމް ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މާލަސްތަކެއް ނުވެ ބިޑަށް ހުޅުވާލާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް، ރައީސް ސާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ކެމްޕެއިން ޖަލްސާގައި އެ އަތޮޅު ތިމަރަފުށިގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސާލިހު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ރާއްޖެއަށް ގެންނަ ބޮޑު ބަދަލާއެކު ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފުޅާކުރެއްވުން ކަމަށެވެ. ދެވަނަ ދައުރުގައި ވެސް ފަތުރުވެރިކަމ...