މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު އުވާލައިފި
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އެކުލަވާލި މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު އުވާލައިފިއެވެ. މި އުސޫލު އުވާލީ މީޑިއާތަކަށް މާލީ އެހީ ދިނުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަރުހަލާތައް ފުރިހަމަކޮށް 18 މީޑިއާއަކަށް އެހީ ލިބޭކަން ޢިއުލާންކުރުމަށްފަހު، އެ އެހީ ދޫކުރުމަށް ކަނޑައެޅި ޢިއުލާން 30 އޮކްޓޯބަރު 2025 ގައި ބާތިލުކުރުމަށްފަހުއެވެ. މި ޢިއުލާން ބާތިލުކޮށް، މީޑިއާތަކަށް އެހީ ދިނުމުގެ ސޮއިކުރި އިގްރާރުތައް ވެސް ބާތިލުކުރިކަން އަންގައި ޔޫތު...