ޓޫރިޒަމް އެވޯޑްސްގެ ''ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް'' ރާއްޖެއަށް
ވޯލްޑް ޓޫރިޒަމް އެވޯޑްސް 2025 ގެ ބެސްޓް ބީޗް ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ. މި އެވޯޑް ދިވެހިރާއްޖެއަށް އަރުވާފައިވަނީ ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި މިއަދު ބޭއްވި ޚާއްޞަ ހަފުލާއެއްގައެވެ. ދިވެހިރާއްޖޭގެ ޗާލު ހުދު ދޮންވެލީގެ ގޮނޑުދޮށްތަކާއި، ސާފު ރީތި މޫދާއި، ފަރުތަކުގެ ދިރުމުގެ މައްޗަށް ބަލައި ދީފައިވާ މި އެވޯޑާ ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއީ އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން އެވެ. “ރީޑިފައިނިންގ ޓުއަރިޒަމް އިން އަ ޗޭންޖިނ...