ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފެށިގެން ދާއިރުގައި މުޅި އަތޮޅަށް މަންފާ ކުރުމަކީ އުންމީދެއް: ވަޙީދު
ހއ. ދިއްދޫގައި ޕޯސްޓް ޚިދުމަތް ފެށިގެންދިޔައިރު، ހއ. އަތޮޅުގެ ހުރިހާ ރަށަކަށް އެ ޚިދުމަތުގެ މަންފާ ލިބިގެން ދިޔުމަކީ އުންމީދެއްކަމަށް ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދު ވިދާޅުވެއްޖެ އެވެ. މެންބަރު ވަޙީދު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްއިން ދިއްދޫގައި ޤާއިމުކުރި ޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ރޭ ދެއްކެވި ވާހަކާގަ އެވެ. ވަޙީދު ވިދާޅުވީ ރެޔަކީ ދިއްދޫގައި ޕޯސްޓްގެ ޚިދުމަތް ފެށިގެންދާ އުފާވެރި ރޭ ކަަމަށެވެ. އަދި އުންމީދަކީ އެ ޚިދުމަތް ދިއްދޫގ...