ދިއްދޫ އެންމެ އަލިގަދަ ތަރިއަކަށް ބައްސާމާ
ހއ ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ “ކޭޑީ އެންޓަޕްރައިސަސް ދިއްދޫ އެންމެ އަލިގަދަ ތަރި 1444” ޤުރުއާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ އަލް ހާފިޡާ ބައްސާމާ ސުލައިމާން ހޯދައިފިއެވެ. މިޑްލް ސްޕޯޓްސް ކުލަބުން މި މުބާރާތް މިދިޔަ އަހަރު ވެސް ބާއްވާފައިވާއިރު، ބައްސާމާ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލުގައި ވެސް ވާދަކޮށްފައެވެ. އެ އަހަރު އޭނާއަށް ލިބިފައި ވަނީ ހަތަރު ވަނައެވެ. އެ އަހަރު އެއްވަނަ ހޯދީ ޝިޢުރާ އިބްރާހީމްއެވެ. […]