މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗާއި ފުލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި
ސަރުކާރުން ކުރިއަށްގެންދާ ގޮދޮރުވެރިން ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗާއި ފުލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމް ހުށަހަޅައިފި އެވެ. މިއީ މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް އެދި ފޯމް ހުށަހެޅުމަށް މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހުޅުވާލި މުއްދަތު އިއްޔެ ހަމަވެފައިވާއިރު، 35861 ފޯމް ލިބިފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވަނީ ވިދާޅުވެފަ އެވެ....