Business
އެމްއެމްއޭ ފަވަރަ މެދުވެރިކޮށް މިދިޔަ އަހަރުގެ ނިޔަލަށް 23 ބިލިއަން ރުފިޔާގެ މުއާމަލާތް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، އިންސްޓެންޓް ޕޭމަންޓް ސިސްޓަމް “ފަވަރަ” މެދުވެރިކޮށް 2024 ވަނަ އަހަރުގެ ނިޔަލަށް 23 ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެއެވެ. އެމްއެމްއޭއިން ނެރެފައިވާ 2024 ވަނަ އަހަރުގެ ޕޭމަންޓް ބުލެޓިންގައިވާ ގޮތުން، އަހަރުގެ ފަހު ކުއާޓަރުގައި ފަވަރަގެ ހިދުމަތް ތައާރަފްކުރި ފަހުން، އަހަރުގެ ނިޔަލަށް ޖުމްލަ 7.7 މިލިއަން މުއާމަލާތް ހިންގާފައިވާއިރު، މި މުއާމަލާތްތަކުގެ ޖުމްލަ އަގު 23.7 ބިލިއަން ރުފިޔާއަށް އަރައެވެ. ފ...