އެޑްމޭން އާއި ފަރިރީތިން ނޮޅިވަރަމު ރައްޔިތުންނަށް 1.2 ޓަނުގެ ރޯމަސް ހަދިޔާ ކޮށްފި
ކުޅުދުއްފުށި ސިޓީގައި ހިންގާ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިގެ ފަރާތުން މިވަގުތު މޮނިޓަރިންފެ ހާލަތުގައި އޮތް ހދ. ނޮޅިވަރަމުގެ ރައްޔިތުންނަށް ރޯ މަސް ހަދިޔާކޮށްފިއެވެ. ‘ތިލަދުން’ އަށް މައުލޫމާތު ދެއްވަމުން ނޮޅިވަރަމު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ހުސައިން (ސެންޓޭ) ވިދާޅުވީ ކުޅުދުއްފުށީ އެޑްމޭން ފިހާރަ އަދި ފަރިރީތި ފިހާރައިން އެރަށު ރައްޔިތުންނަށް 1.2 ޓަނުގެ މަސް ހަދިޔާކުރެއްވި ކަމަށެވެ. އަދި މިހާރު ވަނީ ހުރިހާގެއަކަށް އެ މަސްތައް ބަހާ ނިންމާފަކަމަށްވެސް ސެންޓޭ ފާހަގަކުރެއްވިއެވެ....